ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފި

990
TTH_Ads
STO_Ads
Advertisement

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ބަރުދަންހުރި ހަޝީޝް އޮއިލް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިތަކެތި އަތުލައިގަތީ މާލޭ ވިޔަފާރި ބަނދަރުން، ފެބްރުއަރީ 12 2024 ވަނަ ދުވަހުއެވެ. މި ތަކެތި ހުރީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގެ ތެރޭގައެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި ފެބްރުއަރީ 12 2026 ވަނަ ދުވަހު އެ ޝިޕްމެންޓު ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމުން އެ ތަކެތިވަނީ ޓެސްޓުކޮށްފައެވެ. ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން އެ ތަކެއްޗަކީ ހަޝީޝް އޮއިލްކަންވަނީ ކަށަވަރުކުރެވިފައެވެ.

HajjCop_ads
Advertisement

ކަސްޓަމްސް އިން ބުނެފައިވަނީ މި ޝިޕްމެންޓުން އަތުލައިގަނެވުނު ހަޝިޝް އޮއިލްގެ ބަރުދަނުގައި 36.43 ކިލޯ ހުންނާނެއެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާނެ ކަމުގައި އެ އިދާރާއިން ބުންޏެވެ.

ކަސްޓަމުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންގެ ހިދުމަތަށް ހުށަހަޅައި، އަތުލައިގަނެފައިވާ މަސްތުވަތަަކެތި އެ ހިދުމަތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

3.5 ކިލޯގެ ޑްރަގު ކަސްޓަމުން އަތުލައިފި

8u

3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރިން ހައްޔަރުކުރި މީހަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް

Igmh

ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ފަސްހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި

Igmh

މޭ މަހު ރާއްޖެއިން ދަޅުމަސް ބޭރުކުރި މިންވަރު އިތުރުވެއްޖެ