ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

FB IMG
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން، “ވެލާނާ އެވޯޑްސް”ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެކެވެ. މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން ޖުމްލަ 22 އެވޯޑް ވަނީ ދީފައެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވީ، “ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން، އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް، އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން” ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއަރުވައި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެވޯޑް ހާސިލުކުރި ފަރާތްތައް
މި ރަސްމިއްޔާތުގައި އެންމެ ޝަރަފުވެރި ‘އެއާލައިން އޮފް ދަ އިޔާ’ އެވޯޑް ހާސިލުކުރީ އެތިހާދު އެއާވޭސްއެވެ. ކާގޯ ދާއިރާއިން ‘ފްރެއިޓާ އޮފް ދަ އިޔާ’ އެވޯޑް އެފްކޮމް ހޯލްޑިންގްސްއަށް ލިބުނުއިރު، ގަތަރު އެއާވޭސް އިން ވަނީ ‘ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް’ އަދި ‘ސީ ޓު އެއާ އެކްސްޕޯޓް’ އެވޯޑް ހާސިލުކޮށްފައެވެ. ކާގޯ ތްރޫޕުޓްގެ އެންމެ މަތީ އެވޯޑް ލިބުނީ އެމިރޭޓްސް އަށެވެ.

ޕަސެންޖާ އެވޯޑްތަކަށް ބަލާއިރު، ބައިނަލްއަގުވާމީ ދާއިރާއިން އެއާއޭޝިއާ، އެތިހާދު، އޭރޯފްލޮޓް، ވާޖިން އެޓްލާންޓިކް އަދި ފިޓްސް އެއާ ވަނީ އެކި ސަރަހައްދުތަކުން ކުރިއެރުން ހޯދައިގެން އެވޯޑް ހާސިލުކޮށްފައެވެ. ޑޮމެސްޓިކް ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއާލައިނަކަށް މަންތާ އެއާ ހޮވުނުއިރު، އެންމެ ގިނަ ފަސިންޖަރުން އުފުލި އެއާލައިނަކަށް ހޮވުނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ.

ލައުންޖް އެވޯޑް ކެޓަގަރީން ވިލު ޕާޓްނަރ އެވޯޑް ޖަވަކަރަ އައިލެންޑް މޯލްޑިވްސް ހާސިލުކުރިއިރު، މާމަހި ޕާޓްނަރ އެވޯޑްތައް ލިބުނީ އަވިއާ މޯލްޑިވްސް އާއި ސޮނެވާ ރިސޯޓްސް އަށެވެ. އަދި ކޮވެލި ޕާޓްނަރ އެވޯޑް ހާސިލުކުރީ އެމިރޭޓްސް އިންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

އެއާ ކާގޯ ޗައިނާ 2026 ގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

Io

އެއާޕޯޓް ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ

FB IMG

ވީއައިއޭގެ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ގާބިލުކަން އިތުރުކުރަން ގައުމީ އިދާރާތަކާއެކު ސޮއިކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފި