ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ މިއަހަރު އިފްތިތާހުކުރަނީ

maumoon foundation
STO_Ads
TTH_Ads
Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަޔާތްޕުޅާއި ގައުމީ ޚިދުމަތާ ގުޅޭ މައުލޫމާތު ރައްކާތެރިކޮށް އާންމުކުރުމަށްޓަކައި، “ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް” ގެ ނަމުގައި ޚާއްސަ މަޝްރޫއެއް މިއަހަރު ފަށަން ނިންމައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މި މަޝްރޫއު އިފްތިތާހުކުރުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށާއި، މަޝްރޫއުގެ މަގްސަދުތަކާއި ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އެމަނިކުފާނުގެ ވެރިކަމާއި ހަޔާތްޕުޅާ ގުޅުންހުރި ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯ ފަދަ ތާރީޚީ ރެކޯޑުތައް އެއްކޮށް، ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒްކޮށް ތަރުތީބުކުރުމެވެ.

މި އާކައިވް ގާއިމުކުރެވުމުން ވެގެންދާނީ ދަރިވަރުންނާއި ތާރީޚު ދިރާސާކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެ މުހިންމު ވަސީލަތަކަށެވެ. މައުމޫން ސިފަކުރެއްވި ގޮތުގައި މިއީ ދިވެހި ތާރީޚުގެ މުހިންމު ބާބެއް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ ގައުމީ ފެންވަރުގެ މުހިންމު ފިޔަވަޅެކެވެ. އަދި އާންމު ރައްޔިތުންނަށްވެސް މި ތަކެތި ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

MMA_Ads
HajjCop_ads
Advertisement

މި ތާރީޚީ މަޝްރޫއުގެ އިތުރުން، މިއަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިތުރު މަސައްކަތްތައްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ޖަމިއްޔާތަކާ ގުޅިގެން ހިންގާ އައު މަޝްރޫއެއް ހިމެނެއެވެ. ހަމައެއާއެކު، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުން ކިޔެވުމަށް ފޮރިން ސްކޮލަޝިޕް ޕްރޮގްރާމެއް ފެށުމަށް ރާވާފައިވާކަންވެސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees maumoon

މުއުމިނުންގެ މެދުގައި އޮންނަ ގުޅުން ވާންވާނީ އަހުންވަންތަ ރީތި ގުޅުމަކަށް: ރައީސް މައުމޫން

raees maumoon

ރޯދަމަހު އުޙުވަތްތެރިކަން އިސްކުރަން ޖެހޭ: ރައީސް މައުމޫން

maumoon foundation

މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް އިޙްޔާ ފޯރަމް ބާއްވަނީ

Big YlERbzxqbKSdBD8sxp7Z47qVC

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި