ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

students
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ޕީއެޗްޑީއަށް ހުޅުވާލި ދެ ދާއިރާއަކީ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގްއެވެ.

މިއީ ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވާލި ފުރުޞަތުތަކެކެވެ.

HajjCop_ads
MMA_Ads
Advertisement

މި ކޯސްތަކަށް އެދި އެޕްލިކޭޝަން ފޯމާއި، ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮފޯޒަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 26 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ކޯސްތަކަށް އެޕްލައިކުރުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ އެ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

މީގެ އިތުރުން، ކޯސްތަކާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބަޔަށް އީމެއިލް ކުރެއްވުމުން ނުވަތަ ހޮޓްލައިން ނަންބަރު 1445 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އަދި ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓް www.mnu.edu.mv އިންވެސް ކޯސްތަކުގެ ތަފްސީލު ފެންނަން ހުންނާނެއެވެ.

މި ކޯސްތަކަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮފޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ކޯސްތަކަށް އެޕްލައިކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ އެ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

ޕްރޮފޯޒަލް ނުވަތަ ސްޓޭޓްމަންޓް އޮފް އިންޓެންޓް ތައްޔާރުކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަލްފާޟިލް އާދަމް ޚާލިދު އާ ގުޅުއްވުމަށް ޔުނިވަރސިޓީން އިލްތިމާސްކުރެއެވެ. މިގޮތުން 334545455 ނަންބަރު ފޯނާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ޤައުމީ ޔުނިވަރސިޓީގެ އެގްރިކަލްޗަރ ފެކަލްޓީގެ ޑީންގެ މަޤާމަށް ޝަބާއު

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު 14 މޭ އަށް އިތުރުކޮށްފި

އެމްއެންޔޫގެ ދަނާލުގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަނީ

އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި