ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި އެންއައިސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސް، ޝުއައިބު އަބްދުއްރަހްމާނެވެ.

ދިރާސާކުރުމަށް ޚާއްސަކުރެވިގެން ސޮއިކުރެވޭ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޢިލްމީ ހެކިތެކުގެ ޢަލީގައި ޢަމަލީގޮތުން މަސައްކަތްތައް ކުރުމާއެކު، މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދާއިރާއާއި ގުޅޭ މަޢޫލޫމާތު މުއްސަނދިކުރުން ކަމަށް އެމްއެންޔޫއިން ބުނެ އެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން، ތަފާތު ރިސަރޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިންގ، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުޞަތުތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

HajjCop_ads
Advertisement

މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަތައް އިތުރު ވެގެންދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ދެކެ އެވެ. އަދި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެ

MWSC_ads
Advertisement
STO_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު 14 މޭ އަށް އިތުރުކޮށްފި

އެމްއެންޔޫގެ ދަނާލުގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަނީ

students

ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

އެމް.އެން.ޔޫއާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމު ކުރިއަރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި