ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު

STO_Ads
TTH_Ads

މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 550 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) ދޭން އެގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މިއީ މިދިޔަ އަަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ކަނޑައެޅި އަދަދަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެއަށްދޭ އެހީގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) އެވެ.

އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.

Maldivian_Ads

އިންޑިއާގައި މިއަދު ވަނީ އިންޑިއާގެ 2026-2027 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އޭގައިވާ ގޮތުން މި އަހަރު ބަންގުލަދޭޝްއަށްވެސް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ މިދިޔަ އަހަރު ދިން އަދަދަށްވުރެ ދެބައިކުޅަ އެއްބައި ކުޑަ އަދަދެކެވެ. އޭގެ އިތުރުން މިޔަންމާއަށް ވެސް މިއަހަރު ދޭން ކަނޑައަޅާފައިވަނީ މިދިޔަ އަހަރަށްވުރެ މަދުންނެވެ.

ނަމަވެސް ބޫޓާނަށް ހިލޭ އެހީގެ ގޮތުގައި ދޭ އަދަދުވަނީ އިތުރުކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ