ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާ

STO
STO_Ads
Maldivian_Ads
TTH_Ads
Advertisement

މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މިއީ މީގެ ކުރީ އަހަރާ އަޅާ ބަލައި އިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ 910 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 762 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ އަހަރާ އަޅާ ބަލައި ތިނެއް އިންސައްތައިގެ އިތުރުވުމެކެވެ.

HajjCop_ads
Advertisement

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު %8 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެެވެ. އެގޮތުން، ތެލުގެ އާމްދަނީ ހަތަރެއް އިންސައްތައިން އިތުރުވެފައިވާއިރު އެހެނިހެން އާމްދަނީ ވަނީ 19 އިންސައްތައިން އިތުރުވެފައެވެ. ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.

ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 11 އިންސައްތައިން އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 244 މިލިއަން ރުފިޔާ ލިބިފައެވެ.

އައު އަހަރަކާ ކުރިމަތިލާފައިވާއިރު ކުންފުނީގެ މާލީ ހާލަތު ވަރުގަދަވެ، ދެމެހެއްޓެނިވި ކުރިމަގެއް އޮތްކަން މި ނަތީޖާތަކުން ސާފުކޮށްދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

6745be31 9f7b 4135 ae94 f9cffbfef23b

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް

Hassan

ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަނީ، އެކަމަކު ބޭނުންވަރަކަށް އެސްޓީއޯއިން ލިބޭ!