މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާގޮތުގައި ރުކުމާ އިސްތިއުފާދެއްވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އިސްތިއުފާދެއްވީ އެހެން މަގާމަކަށް ބަދަލުވުމަށެވެ.

މި ސަރުކާރުގައި ރުކުމާ ފުރަތަމަ އަދާކުރެއްވި މަގާމަކީ ވެމްކޯގެ ޑީއެމްޑީ ކަމެވެ. އޭގެ ފަހުން ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރި އެވެ. މޯލްޑިވް ގޭހުގެ ޑީއެމްޑީއަކަށް އައްޔަންކުރީ މިދިޔަ ޖުލައި މަހުއެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.