ގޭސް ގަތުމުގެ ކަަންކަން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފިއެވެ.

ގޭސް ވިއްކާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ގޭސްގަތުން އެސްޓީއޯގެ ދަށަށް ބަދަލުކުރަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެ ނިންމުމާއެކު މިހާރު އޯޑަރުކޮށްފައިވާ ގޭސްތައް ފިޔަވައި އާ އޯޑަރުތައް ކުރާނީ އެ ކުންފުނިން ކަމަށް ޝާހް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިއީ ވަގުތީ ބަދަލެއް ކަމަށެވެ.

އެ ފިޔަވަޅު އަޅަން އެސްޓީއޯގެ ބޯޑުން މިއަދު ނިންމާފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވް ގޭސްއިން، ގޭސް ގަންނަން ދުބާއީގެ ކުންފުންޏަކަށް ފޮނުވި 240،000 ޑޮލަރު، ގޭސް ނުލިބި ގެއްލުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.