ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ ހަދިޔާ، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން އެސްޓީއޯއިން ފަށައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް ދޫކުރާ މަސްދަޅު ކޭސް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފަށައިފިއެވެ.

އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ 24 ގައެވެ. މި މަސައްކަތް ކުރިއަށް ދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ދިވެހި ސިފައިންނާ، ފުލުހުންގެ ވެސް އެހީތެރިކަމާއެކުއެވެ.

HajjCop_ads
Advertisement

ވުޒާރާއިން ވިދާޅުވީ އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަސްދަޅު ކޭސްތައް، ބެހުމަށް ފަހިވާ ގޮތަށް މިހާރުވެސް ހުރީ އެކި ސަރަޙައްދުތަކުގައި ގުދަން ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިކަމަށެވެ. އަދި އެ ތަންތަނުން ރަށްތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

6745be31 9f7b 4135 ae94 f9cffbfef23b

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް

Hassan

ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަނީ، އެކަމަކު ބޭނުންވަރަކަށް އެސްޓީއޯއިން ލިބޭ!