ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޑީސީ ހުރިހާ ފުލެޓަކަށް ކަރަންޓު ގުޅައި ނިންމައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކުރަމުންދާ މަސައްކަތްތައް ނިންމާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ، އެފްޑީސީ ފްލެޓުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދިޔަ ހުރިހާ މަސައްކަތްތަކެއް މިހާރު ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން، މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މި ޖަނަވަރީ މަހުގެ ކުރީކޮޅު އެފްޑީސީގެ ފްލެޓުތަކުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވަނީ ނިންމާލައިފައެވެ.

އެފްޑީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އަޅާފައިވަނީ ތިން ކޮޓަރީގެ 2،800 ފުލެޓާއި ދެ ކޮޓަރީގެ 1،200 ފުލެޓެވެ.

މި ފުލެޓުތަކުގެ މަސައްކަތް ހަވާލުކުރިއިރު ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓުގެ ތެރޭގައި ހިމަނާފައި ނެތުމުން، އެ މަސައްކަތްތައް ކުރަންޖެހުނީ މި ސަރުކާރަށެވެ. ވެރިކަން ބަދަލުވިއިރު މި ތަންތަނުގެ 30 އިންސައްތައާ ގާތްކުރާ މިންވަރަށް މަސައްކަތް ނިމިފައި އޮތުމުން 70 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުންނެވެ. އަދި ފެނާއި ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ މަސަައްކަތްތަކާއި، ފުލެޓުތައް ހުރި ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތްތައް ކުރީވެސް މި ސަރުކާރުންނެވެ.

ފުލެޓުތައް އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ނިންމައި އެތަންތަނަށް މީހުން ބަދަލުވުމަށް ގާއިމުކުރަންޖެހޭ އަސާސީ ހިދުމަތްތަައް ގާއިމުކުރުމާއެކު، އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މި ޖަނަވަރީ މަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRTL3dfaQAAsce0

އެފްޑީސީ ފްލެޓުތަކުގައި ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށައިފި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

އެފްޑީސީ ފްލެޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަނީ

WhatsApp Image 2026 09 02 at 17.25.01

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު