ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިޔާ ތިން ޓަވަރެއްގައި ކަރަންޓުގެ ނިޒާމު ފުރިހަމަކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން ތިން ޓަވަރެއްގައި ކަރަންޓުގެ ނިޒާމު ފުރިހަމަކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރަތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ ގިނަ އަދަދެއްގެ ބަޔަކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ވަނީ އެއްބަސްވުންތައް ހަދައިފައެވެ. އަދި ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރުނެގުން ވަނީ ކުރިއަށްގެންގޮސްފައެވެ.

އެފްޑީސީން ބުނީ އަމާން އުދަރެސް 11، 12 އަދި 13ގައި ކަރަންޓުގެ ނިޒާމު ގުޅައި، މިއަދު އިފްތިތާހުކޮށްފައިވާ ކަމަށެވެ. އެ ޓަވަރުތަކަށް ކަރަންޓުގެ ނިޒާމު ގުޅައިދިނީ ސްޓެލްކޯ އިންނެވެ.

HajjCop_ads
Advertisement

26 އޮކްޓޯބަރު 2025، އަމާން އުދަރެސް 11، 12 އަދި 13ގައި ކަރަންޓުގެ ނިޒާމު ގުޅައި އިފްތިތާހުކުރުން — ފޮޓޯ/ ސްޓެލްކޯ
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވަނީ ޖުމުލަ 32 ޓަވަރެވެ. އޭގެ ތެރެއިން 16 ޓަވަރަކަށް “އަމާން އުދަރެސް”ގެ ނަން ދީފައިވާ އިރު، އަނެއް 16 ޓަވަރަށް ދީފައިވަނީ “އަމާން ދޯދި”ގެ ނަމެވެ.

އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެ ނިޔަލަށް ދޫކޮށް ނިންމުމަށް އެފްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެފްޑީސީން ތަޅުދަނޑި ހަވާލުކުރަމުންދަނީ، ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ.

އެފްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިމަހުގެ ތެރޭގައި ފުލެޓުތަކަށް މީހުންނަށް ވަދެވޭނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRTL3dfaQAAsce0

އެފްޑީސީ ފްލެޓުތަކުގައި ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށައިފި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

އެފްޑީސީ ފްލެޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަނީ

WhatsApp Image 2026 09 02 at 17.25.01

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު