ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ 3،000 ފްލެޓަށް މިދައުރުގައި ނިންމައި މީހުންނަށް ވަދެވޭނެ: ޑރ. މުއްޠަލިބު

dr muthalib
TTH_Ads
STO_Ads
Advertisement

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން ތަރައްޤީކުރާ 3،000 އަށްވުރެ ގިނަ ފްލެޓުގެ މަސައްކަތް ނިންމައި، މި ރިޔާސީ ދައުރުގެ ތެރޭގައި އެތަންތަނުގައި ރައްޔިތުންނަށް ދިރިއުޅެވޭވަރު ވާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބީއެމްއެލްގެ ފަންޑުގެ އިތުރުން އެހެން ޤައުމުތަކުގެ އެހީގައި ހިންގާ މަޝްރޫޢުތައް ވެސް ނިންމައި، ދައުރު ހަމަވުމުގެ ކުރިން ރައްޔިތުންނަށް އެތަންތަނަށް ވަދެވޭވަރު ކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.

މި މަޝްރޫޢުތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބީއެމްއެލްގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 2،341 ފްލެޓުގެ މަސައްކަތް ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ފްލެޓްތަކުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި ތަރައްޤީކުރާ 4،000 ހައުސިންގ ޔުނިޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުގެ މެދުތެރޭގައި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވެސް ފެށޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު މުއްޠަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ އެހީގައި އިމާރާތްކުރާ 400 ފްލެޓާއި، ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނެއްގެ ދަށުން އަޅާ 500 ފްލެޓް ހިމެނޭހެން، ޖުމްލަ 7،900 އެއްހާ ހައުސިންގ ޔުނިޓަކީ މިހާރުވެސް ފައިސާ ހަމަޖެހި ޔަޤީންވެފައިވާ މަޝްރޫޢުތަކެކެވެ. އެހެންކަމުން މިއީ ހަމައެކަނި އިއުލާނުކޮށްފައިވާ ނަމެއްގައި ހުރި ކަންކަން ނޫން ކަމަށާއި، މިއިން ކޮންމެ މަޝްރޫޢަކީ ވެސް ރޭވި، ފައިސާ ހަމަޖެހިފައިވާ ހަޤީޤީ މަޝްރޫޢުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ސަރުކާރު ވެގެންދާނީ 2008 ވަނަ އަހަރަށްފަހު، ސަރުކާރަކުން ފަށާ ހައުސިންގ މަޝްރޫޢެއް އެ ދައުރެއްގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް ދިރިއުޅެން ފުރުސަތު ލިބިގެންދާނެ ފުރަތަމަ ސަރުކާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޭރު ޤައުމުތަކުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގައި ވަކި ޕްރޮސެސްތަކެއް ހުރި ނަމަވެސް، ހުރިހާ މަސައްކަތެއް ވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި

bml

ސަފާރީތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލްއިން ތައާރަފްކޮށްފި

988

ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި

BML card

ބީއެމްއެލްއިން ދެއަހަރާއި ބައިގެތެރޭ، 1.7 ބިލިޔަން ޑޮލަރު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވިއްކައިފި