ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

TTH_Ads
STO_Ads
Advertisement

އިމިގްރޭޝަނުން ފުލުހުންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން، ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ޤަބައިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، އޭގެތެރެއިން 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ބަނދުކޮށްފަވާކަމަށެވެ. އަދި ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ކުރިއަށްގެންދާ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ޑީޕޯޓުކުރުުގެ މަސައްކަތްދަނީ ކުރަމުންނެވެ، މީގެ އިތުރުން ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށް “އޮޕަރޭޝަން ކުރަނގި”ގެ ދަށުން، ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް މުޅި ރާއްޖޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ޤަވައިދާ ޚިލާފައި ބިދޭސީން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، އެފަދަ މީހުން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތެވެ. ޚާއްސަކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ނިމުނު އަހަރު އެކަނިވެސް އެފަދަ 150 ތަނެއް ބަލައި ފާސްކޮށް، 66 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

immigration

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

އަޟްހާ ޢީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ