ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިޔުއެސްސީ ގެ “ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026” ބާއްވައިފި

WhatsApp Image 2026 01 13 at 14.59.13
Maldivian_Ads
STO_Ads
TTH_Ads
Advertisement

ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޚިދުމަތުގެ ފެންވަރު އިތުރަށް ރަގަޅުކުރުމަށް އަމާޒުކޮށް 2026 ވަނައަހަރުގެ މަސައްކަތްތަށް ފަށައިގަތުމަށް އައު ވިސްނުންތަކާކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ “ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026” މިއަދު ބާއްވައިފިއެވެ.

މި ފޯރަމްގައި އެމް.ޑަބްލިޔު.އެސް.ސީގެ  ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމް އަދި ޑިޕާޓްމަންޓްތަކުގެވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިފޯރަމްގައި، 2026 ވަނަ އަހަރުގެ ބިޒްނަސް ޕްލޭން ތަޢާރަފު ކުރެވި ބިޒްނަސް ޕްލޭން ތަންފީޒު ކުރުމާއި ނަތީޖާ ހާސިލްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މި ފޯރަމްގެތެރޭގައި 2025 ވަނަ އަހަރު ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ މިންވަރާގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، 2026 ވަނަ އަހަރުގެ ބިޒްނަސް ޕްލޭނުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ނަތީޖާ ނެރުމަށް ކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާ ކުރެވިފައެވެ.

HajjCop_ads
Advertisement

2026 ވަނަ އަހަރަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާވެފައިވަނީ ޚަރަދުކުޑަކުރުމާއި، ފެނުގެ ޚިދުމަތްނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި، ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. މި ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. އެގޮތުން 2026 ގެ ބިޒްނަސް ޕްލޭންގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތްތައް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ހުނަރު އިތުރުކުރުމާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކަށް އިސްކަން ދެވޭނެއެވެ.

ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް ގެ ސަބަބުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ރޭވުންތަކާއި މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގައި ގެންގުޅޭ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢު އަށް ފޯރުކޮށްދިނުމެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނުގެ ދަށުން އިސްނަގައިގެން ހާމަކުރަންޖެހޭ މަޢުލޫމާތު އެމްޑަބްލިއުއެސްސީން ޝާއިއުކޮށްފި

Original

އިންޖިނިއާސް އެވޯޑްސް ހަފްލާ: އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ