ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު: ތޯރިގު

Izaam
STO_Ads
TTH_Ads

ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހަކަތަ ބަދަލު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ސެޝަނުގައި ރާއްޖެ ތަމްސީލު ކުރައްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަމަށް އަލިއަޅުވައިލެއްވިއެވެ.

Maldivian_Ads

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި އެ ސަރަހައްދެއްގެ މާހައުލާ ހުރި ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން ހަލުވިކުރުމާ ގުޅޭގޮތުން މިނިސްޓަރު އަލިއަޅުވައިލެއްވިއެވެ.

އަދި، ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމުގައި ހުރި މަގުތަކާއި، ސަރަހައްދީ ފެންވަރުގައި އަވަށްޓެރި ގައުމު ތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ވަނީ އަމާޒުހިފާފައެވެ.

އެގޮތުން، މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓަރު ޠާރިޤް ގެންދަވަނީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

Minister Thoriq Ibrahim

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

Image 20

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ތޯރިގު ޔޫއޭއީއާ މަޝްވަރާކުރައްވައިފި