ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ

Izaam
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ރެސިޑެންޝިއަލް އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހެނދުނު 11:00 ގައި ހައްޖު ކޯޕަރޭޝަންގެ އިދާރާގައި ކަމަށް އެ އިއުލާނުގައިވެއެވެ.

HajjCop_ads
Advertisement

އެ އިއުލާނުގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީކުރުމަށް ފީއެއްގެ ގޮތުގައި 30،000ރ. ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށް ވާ ޑޮލަރު ދައްކަން ޖެހެއެވެ.

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި “ނިއަމް ރެސިޑެންސް”ގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމައި، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރީ 24 ސެޕްޓެމްބަރު 2024 ވަނަ ދުވަހުއެވެ.

އެއީ އެ މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އާއި އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސްކޫލް ބަންދާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 600 މީހުން އުމްރާއަށް

Img md 202607010223031782897783.9952

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަނުކޮށްފި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ