ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލޭގެ ސައިޓް އޭގެ 56 ހެކްޓަރު ބިން ހިއްކައިފި

TTH_Ads
STO_Ads
Advertisement

ރަސްމާލެ މަޝްރޫޢުގެ ދަށުން “ސައިޓް އޭ”އިން 56 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ.

“ސައިޓް އޭ”ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ.

MMA_Ads
HajjCop_ads
Advertisement

މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖަރުތަކާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ “ސައިޓް އޭ”އިން ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން މިހާރު ލީޑު ކުރަމުންދާ މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން “ސައިޓް އޭ”އިން މިހާތަނަށް 56 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް މިވަގުތު ދުނިޔޭގައި ބިން ހިއްކުމުގައި ބޭނުން ކުރަމުންދާ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ ކްރިސްޓަބަލް ކޮލޯން އަންނަނީ ބޭނުން ކުރަމުންނެވެ. އެމްއޭސީއެލްއާއި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާއާއި، ޗައިނާ ހާބަރ އިންޖިނިއަރިންގްއިން އަންނަނީ، ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމުމެވެ.

ސަރުކާރުން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓަންޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރަސްމާލެއިން ބޯހިޔާވަހި ކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ބޯހިޔާވަހި ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 07 at 16.08.57

ވީއައިއޭގައި ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ ކާމް ރޫމެއް ހުޅުވައިފި

ނަންވިޒިބަލް ޑިސެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް ހުޅުވައިފި

ޙައްޖުވެރިން އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

maldivian hajj

ޙައްޖާޖީންނަށް ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފި