ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން ސްކީމުން ފައިސާ ދެއްކުމުން ޙައްޖު ކިޔުއަށް އެރޭގޮތް ހަދަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު ހައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފިއެވެ. މިއިސްލާޙުގައިވާގޮތުން ޙައްޖު ކިޔުއަށް އެރޭނީ ހައްޖަށްދާން ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކާފައިވާ ފަރާތްތަކަށްކަމަށް ބިލްގައިވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޕެންޝަނާ ބެހޭ ބިލަށް ހުށައަޅާފައިވާ އިސްލާޙުގައިވަނީ ޙައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ނިންމަވާފައެވެ. ބިލަށް ހުށައާޅާފައިވާ އިސްލާޙުގައި ވާގޮތުން ރާއްޖެއިން ޙައްޖަށް ދިޔުމަށް ސަރުކާރުން ކަނޑައަޅާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 20 އިންސައްތަ ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ބާކީ ދައްކަންޖެހޭ 80 އިންސައްތަ ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިއާއެކު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ކަނޑައާޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ޙައްޖު ކިޔުއަށް އެރޭނެއެވެ.

ޕެންޝަން ފައިސާ މެދުވެރިކޮށް ގެދޮރުގަތުމަށް ޑައުންޕޭމަންޓް ދައްކާފައިވާނަމަ އެފައިސާ އުނިކުރަންޖެހޭ

ބިލްގައި ބަޔާންކޮށްފައިވާގޮތުން މިގޮތަށް ޙައްޖު ކިޔުއަށް އެރޭނީ، ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށާއި، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށްވުންކަމުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްފައިކަމަށް ބިލްގައިވަނީ ބަޔާންކޮށްފައެވެ.

HajjCop_ads
Advertisement

މީގެއިތުރުން ބިލްގައިވަނީ ޕެންޝަން ސްކީމްގެ ބައިވެރިއަކު ޢުމުރު ހަމަވާފަހުންވެސް އެފަރާތުން ހުށައަޅައިފިނަމަ ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް މިއިސްލާޙުގައި ބަޔާންކުރާގޮތަށް ދެވޭގޮތަށްވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެފަރަތްތަކަށް ޕެންޝަން ސްކީމުން ދެން ފައިސާ ދޫކުރަމުންދާނީ ޙައްޖަށް ދިޔުމަށް ހިފަހައްޓާފައިވާ ފައިސާ ސްކީމުން އުނިކުރުމަށްފަހުގައިކަމަށްވަނީ ބަޔާންކޮށްފައެވެ.

ޕެންޝަން ސްކީމް މެދުވެރިކޮށް މުހިއްމު ބޭނުންތަކަށް ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ ބަޔަކުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ގިނަ ބައްދަލުވުންތަކުގައި ޚިޔާލު ހުށައަޅުއްވާފައެވެ. އެހެންކަމުން އެކަމަށް އެދެވޭ ހައްލެއް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ޤާނޫނީގޮތުން ބަދަލުގެންނަވަންޖެހޭނަމަ އެގޮތަށް ބަދަލު ގެންނަވައިގެންވެސް ކުރިއަށްގެންދަވާނެކަމަށް އޭރު ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ޕެންޝަނާ ބެހޭ ޤާނޫނު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު މިބިލުގެ ބަހުސް ހޯމަ ދުވަހު މަޖިލީހުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނނނ

ޕެންޝަން ބޯޑަށް އަޙުމަދު ޢަލީ އައްޔަންކޮށްފި

Yazmeed

ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު

ސްޓޭޓް ފާމާއާ ޙައްޖު ކޯޕަރޭޝަން ގުޅިގެން ޙައްޖުވެރިންނަށް ބޭސް ފޯރުކޮށްދެނީ

Big JKmqf9HGgqlE9XmQgX4oQ639l

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި