ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލްމު އުނގެނުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް: ފަސްޓް ލޭޑީ

madam saajida
STO_Ads
TTH_Ads
Advertisement

ޢިލްމު އުނގެނުމަކީ ވަކި ބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ފާހަގަކުރައްވައި އެންމެން ޝާމިލްވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް އަޅާލުމާއި ހަމްދަރުދީވުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހިއްސާކުރެއްވި މެސެޖްގައި ވަނީ ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ދިރިއުޅުމުގައި ބްރެއިލް ނިޒާމު އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން، މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި އޯގާތެރިކަމާއި އަޅާލުން އިސްކުރުމަށް ގޮވާލައްވައި، ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، އެހީތެރިކަން ލިބޭ، އަދި ފަރުދަކީވެސް ބާރުވެރި ފަރުދެއްކަމުގެ އިޙްސާސް ކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެއްވުމަށް އެކަމަނާ ބާރުއަޅުއްވާފައިވެއެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463139 09f8984c 7

ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

FB IMG

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

madam saajida

އަޟްޙާ ޢީދުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި