ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ޚާލިދާ ޒިޔާ އަވަހާރަކީ ސިއްހީ ގިނަ މައްސަލަތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އިޝްތިހާރު އިޝްތިހާރު

ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވިއެވެ.

ޚާލިދާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އުޅުއްވާފައެވެ.