ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެފަދަ އަމަލުތަކަށް ހިތްވަރުދިންކަން ސާބިތުވެ ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ހޫދު މުހައްމަދު ޒާހިރު ހައްޔަރުކުރީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ.ވ. ދެލްވައްތަ، ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ދައުލަތުން އުފުލި ފަސް ދައުވާގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވާ ކަމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ސިއްރުން ބޭއްވި އަޑުއެހުމެއް ކަމަށްވާތީ އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެއެވެ.