ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު ހުޅުވައިފި

TTH_Ads
STO_Ads
Advertisement

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވައިފިއެވެ.

ބޯޒިޔާރަތަކީ ކުޅުދުއްފުށީ ހުޅަނގު ދެކުނު ދެކޮޅު ގައި ޒަމާނުއްސުރެ މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

ކުޅުދުއްފުށީގެ އާންމު ރައްޔިތުންނާއި ދައުލަތުގެ ފަރާތުން މި ސަރަހައްދު އެކި ދުވަސްވަރުގައި ތަރައްގީ ކުރަމުން ދިޔަ ނަމަވެސް  އެންމެ އެދެވޭގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއެކު މި ސަރަހައްދު އޮތީ ތަރައްގީ ނުކުރެވިއެވެ.

HajjCop_ads
MMA_Ads
Advertisement

ކުޅުދުއްފުށި ބޯޒިޔާރަތް، ފޮޓޯ: ސިޓީ ކައުންސިލް

އެހެންވެ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރައްޔިތުންގެ ޚިޔާލާއެކު ޑިޒައިންކޮށް 2025 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ބޯޒިޔާރަތް ހިމާޔަތް ކުރުމަށާއި މޫދަށްއެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް 3.3 މިލިއަން ރުފިޔާއަށް ބެންޒީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ.

އެއަށްފަހު، މެއި 2025 ގަައި ބޯޒިޔާރަތް ސަރަހައްދު ތަރައްގީ ކުރުމަށް 3.7 މިލިއަން ރުފިޔާ އަށް ޕްލަސްބީ އާއި ވަނީ ހަވާލުކޮށްފައެވެ.

ކުޅުދުއްފުށި ބޯޒިޔާރަތް ހުޅުވި ރަސްމިއްޔާތުގައި މޭޔަރު އާތިފް ވާހަކަދައްކަވަނީ، ފޮޓޯ: ސިޓީ ކައުންސިލް
މި ތަން ތަރައްގީކޮށްފައި ވަނީ، އެ ސަރަހައްދަކީ ފެހި، ހިތްގައިމު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ތަނެއްގެ ގޮތުގައެވެ.
ކުޅުދުއްފުށި ބޯޒިޔާރަތް، ފޮޓޯ: ސިޓީ ކައުންސިލް

މިތަނުގައި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ދެ ފާޚާނާއާއި، ފީޑިން ރޫމް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މޫދަށް ފޭބުމަށް ރޭމްޕް، ވޮޗް ހަޓް، ބާބަކިއު ސަރަހައްދެއް، ހަތަރު ފެމިލީ ހަޓް، އިވެންޓްތައް ބޭއްވުމަށް ހާއްސަ ޑެކެއްގެ އިތުރުން ދެ ޝަވަރ އޭރިއާ، ސަރަހައްދު އަލިކުރުމަށް ދެ ލައިޓް ޕޯސްޓް، ގާޑަން ލައިޓް، ބެންޗް، އުނދޯލި ބަހައްޓައި އަދި ގޮނޑުދޮށް ހިމާޔަތްކޮށްފައިވެއެވެ.

ކުޅުދުއްފުށި ބޯޒިޔާރަތް، ފޮޓޯ: ސިޓީ ކައުންސިލް

1950 ގެ އަހަރުތަކުގައި އެ ސަރަހައްދަށް އިންސާނެއްގެ ބޯ ލެއްގުމުން އެ ސަރަހައްދުގައި އެބޯ ވަޅުލައި ޒިޔާރަތެއް ހަދާފައި ހުއްޓެވެ.  މިހާދިސާ އާއި ގުޅިގެން މި ސަރަހައްދަށް ބޯޒިޔާރަތް ނަން ބޭނުންކުރަމުން އައިސްފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh (1)

ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު ޒުވާނަކު މަރުވެއްޖެ

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި