ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

3ވަނަ ފިޔަވަހި: 47 ހެކްޓަރުގެ ބިން ހިއްކައިފި

TTH_Ads
STO_Ads
Advertisement

ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސައްކަތް ވަނީ އަލުން ބާރުސްޕީޑުގައި ފަށާފައެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ 22,000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ.

HajjCop_ads
MMA_Ads
Advertisement

މި ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، މިހާތަނަށް 47 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާލާފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. މިއީ ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 އިންސައްތައެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެމްއޭސިއެލުން މައުލޫމާތުދެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން އެ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ގުރުއަތުލުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން 7 ސައިޒެއްގެ ޖުމްލަ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ.

3ވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މިހާރު ބޭނުންކުރާ ބޮޑު ޑްރެޖަރުތައް ދެން ބޭނުންކުރާނީ ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ތާވަލުކޮށްގެން ކުރިއަށް ގެންދަމުންނެވެ

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފި

B 6iZTXuIgvywDrVVPxXJ3Ob4ip

ނާސިފް އެމްއޭސީއެލް ބޯޑަށް އައްޔަންކޮށްފި

WhatsApp Image 2026 06 07 at 16.08.57

ވީއައިއޭގައި ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ ކާމް ރޫމެއް ހުޅުވައިފި

ނަންވިޒިބަލް ޑިސެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ކާމް ރޫމެއް ހުޅުވައިފި