ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ވައުދާއެއްގޮތަށް އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކޮށްފި، ހަތަރު ކުދިން ތިބޭނަމަ 15،000ރ. ލިބޭ

440637 c8faf83b 0
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެމުން ގެންދާ މާލީ އެހީ، މަހަކު 15,000 ރުފިޔާއާ ހަމައަށް ބޮޑުކުރުމަށް ސަރުކާރުން މިއަދު ބޮޑުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްގެންނެވެ.

ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް، ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އެގޮތުން އެންމެ ގިނަވެގެން ލިބެމުން ދިޔަ އަދަދަކީ 10,000 ރުފިޔާއެވެ. ނަމަވެސް، މިއަދު އެ ގަވާއިދަށް ގެނައި އިސްލާހާއެކު އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މާލީ އެހީއެއް ލިބޭނެއެވެ. ހަތަރު ކުދިން ތިބޭނަމަ ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ ރޭޓުން ބަލާނަމަ، އެއީ 12،000 ރުފިޔާއެވެ.

HajjCop_ads
Advertisement

ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެހީއެއް ލިބިގެންދާނެއެވެ. މިގޮތަށް ދެވޭ އެލަވަންސްގެ އެންމެ މަތީ އަދަދަކަށް ހަމަޖައްސާފައިވަނީ މަހަކު 15,000 ރުފިޔާއެވެ.

އެކަނިވެރި މައިންގެ ގޮތުގައި ރާއްޖޭގައި 5800 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

N Nukiya
Thee Vara goes koh kurin kameh ziney adhi mi ah vure aamu vaany un hen verin meehun ah inaakah beynunmeh nuvaane

ގުޅުންހުރި

nspa

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކުރި: އެންސްޕާ

Big MxDXN9s7NMEHkARJOHQ7jfRIT

އެކަނި ދަރިންބަލާ މީހުންނަށް މިދިޔަ މަހު 17 މިލިޔަނަށްވުރެ ގިނަ ރުފިޔާ

nspa

އެންސްޕާގެ އިޖުތިމާއީ އެހީގެ ޕްރޮގްރާމްތަކަށް އަލުން ރަޖިސްޓަރީވާން އަންގައިފި

nspa

ޖޫން 1 ގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ޖަވާބުދާރީވާނީ އެންސްޕާއިން