ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާ އަކީ ޑްރަގްގެ ވަބާ ރާއްޖެއިން ނައްތާލުން: އިހްސާން

893
TTH_Ads
STO_Ads
Advertisement

ދިވެހި ފުލުހުންނާ މިހާރު ސަރުކާރުން ހަވާލު ކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރާއްޖެ އިން މަސްތުވާތަކެތި އެއްކޮށް ނައްތާލުމާއި ގޭންގު ހަދައިގެން ކުށްކުރާ ގުރޫޕުތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމާއި ގަވާދިާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްުޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު އިހުސާން ރޭ ވިދާޅުވީ ކުށުގެ މާހައުލުގައި އުޅޭ ކުދިން އެ މާހައުލުން ނެރެ އެ މާހައުލު އެއްކޮށް ނަތާލުމަކީ ވެސް ފުލުހުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަލަށް އަސާސީ ތަމްރީނު ފުރިހަމަކުރި ފުލުހުންގެ އެންމެ ހާއްސަ މަސައްކަތަކީ ވެސް ސަރުކާރުން އެންމެ އިސްކަމެއްދީގެން ފުލުހުން މެދުވެރިކޮށް ކުރަން ކަނޑައަޅާފައިވާ ކަންކަންކޮށްދިނުން ކަމަށް އިހްސާން ވިދާޅުވި އެވެ.

HajjCop_ads
Advertisement

އިހްސާން ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގު އަދި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން ނުކުންނަން ޖެހިފައި ވަނީ ނުރައްކާތެރި މާހައުލަކަށް ކަމަށާއި އެކަންކަން ކުރާއިރު، ފުލުހުންގެ ތެރެއަށް ކޮރަޕްޝަން ވެސް ވަންނާނެ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލެއްގައި ބައިވެރިނުވުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގަތެވެ.

“… މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތި ތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

“އެހެންވެ މިފަދަ ބަލިމަޑުކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއް. އަޅުގަނޑުމެން މި ގޮތުގައި މަސައްކަތް ކޮށްފި ނަމަ މާތް ﷲގެ އިރާދަފުޅާ އެކު އަޅުގަނޑުމެން މި އެދޭ ފަދަ އަމާން ދިވެހިރާއްޖެއެއް ގާއިމް ވެގެންދާނެ،” އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިން އެދެނީ ރާއްޖެއަކީ ސަތޭކަ ޕަސެންޓަށް ސަލާމަތާއި ރައްކާތެރިކަން އޮތް ގައުމަކަށް ވާން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ މަގެއް، ކޮންމެ ގޯޅިއެއް، ކޮންމެ އަނދިރި ސަރަހައްދެއް އަދި ކޮންމެ ރަށަކީ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލެއް ކަން ކަށަވަރުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ