ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ ދާއިރާއަށް ޞާބިރު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޙަސަން ޞާބިރު މަސްވެރިކަމުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައިފިއެވެ.

ނިޝާން އިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 1993 އިން 1998 އަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ޙަސަން ޞާބިރުގެ ވަޒީރުކަމުގައި ދިވެހިރާއްޖޭގެ ފަރު މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގެން، އެކަމަށް މަސައްކަތްތަކެއް ފެއްޓެވިއެވެ.
މިގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާއާއި ގުޅިގެން ފަރުމަހާއި، މިޔަރުގެ އަދި ދިރޭ ކުދިމަހުގެ މަސްވެރިކަން މެނޭޖް ކުރުމާ ބެހޭ މަސައްކަތު ބައްދަލުވުންތައް ބާއްވަވައި، އެންމެ ފުރަތަމަ ފަހަރަށް ޤައުމީ މަހާސިންތާއެއް އިންތިޒާމް ކުރެއްވިއެވެ.

އަލްމަރްޙޫމް ޙަސަން ޞާބިރުގެ ވަޒީރު ކަމުގައި މަސްވެރިކަމާ ގުޅޭ ދިރާސާއާއި ޢިލްމަށް އިސްކަން ދެއްވައި، ކަމާގުޅޭ ފޮތްތައް ޝާއިޢުކުރެއްވިއެވެ. މިގޮތުން، “މޯލްޑިވްސް މެރިން ރިސާރޗް ބުލެޓިން” ނެރުއްވައި، ދިރޭ ކުދިމަހާ ބެހޭ ދިރާސާތައް ހިމެނޭ “އެކުއޭރިއަމް ފިޝް ޓްރޭޑް އޮފް ދަ މޯލްޑިވްސް” ނެރުއްވުމުގައި އިސްކޮށް ޙަރަކާތްތެރިވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރާއްޖެއިން އާންމުކޮށް ފެންނަ ބާވަތްތަކުގެ މަހުގެ މައުލޫމާތު ހިމެނޭ “ފިޝަސް އޮފް ދަ މޯލްޑިވްސް” ފޮތް ނެރުއްވާފައިވަނީވެސް ޙަސަން ޞާބިރުގެ އިސްނެންގެވުމުގެ މަތިންނެވެ. މި ފޮތަކީ، މިހާރުވެސް މަސްވެރިންނާއި، ޑައިވަރުންނާއި ދަރިވަރުންގެ މެދުގައި މަޤުބޫލު ފޮތެކެވެ.

މީގެ އިތުރުން، މަސްގަންނަ ފެސިލިޓީއެއްގެ ގޮތުގައި ކޫއްޑޫ ތަރައްޤީކޮށް، ކޫއްޑޫގައި އަލަށް ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރައްވައި، ދެކުނުގައި މިފްކޯގެ އޮޕަރޭޝަން ފުޅާކުރެއްވީ ޙަސަން ޞާބިރުގެ މޭސްތިރި ކަމުގައެވެ.

ޚާރިޖީ ދާއިރާގައިވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަލްމަރުޙޫމް ޙަސަން ޞާބިރު އެ މަސައްކަތުގެ ތެރެއިންވެސް ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާފައިވެއެވެ. މިގޮތުން، އެމްބެސެޑަރު ކަމުގެ މަޤާމުގައި ހުންނަވައިގެން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއާއި އެހެން ޤައުމުތަކުގެ ގުޅުން ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އަލްމަރްޙޫމް ޙަސަން ޞާބިރު އަވަހާރަވީ، މިއަހަރުގެ ޖުލައި މަހުގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓުގައި ދިވެހި މަސްވެރިއެއް ބައިވެރިވެއްޖެ!

masverin

މަސްވެރި އުޅަނދުތަކަށް ސަބްސިޑީ ލިބޭނީ ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީ ވެގެން

masverin mifco

113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި