ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެ: ޝިޔާމް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބޮޑުކަންނެލީގެ މަސްވެރިން ދަނީ މިއަދު ހެނދުނުން ފަށައިގެން މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ގޮވާލައި މުޒާހަރާކުރަމުންނެެވެ.

އެކަމާ ގުޅުވައި ޝިޔާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުމުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާ ވަގުތު ބޮޑުކަންނެލީގެ އަގު ދަށްވާ މައްސަލައަކީވެސް މަސްވެރިންގެ ކަންބޮޑުވުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް ވަދެ އެކަން ފުޅާކުރުމަކީ މަސްވެރިންގެ އެދުމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދާނެކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

“ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،” ޝިޔާމް

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅާއެކު މާލޭ އޭރިއާއިން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު މިއަންނަ މާޗު މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި މި ސަރުކާރުން ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮނޑުވުންތަކައް ހައްލު ހޯދައިދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓުގައި ދިވެހި މަސްވެރިއެއް ބައިވެރިވެއްޖެ!

masverin

މަސްވެރި އުޅަނދުތަކަށް ސަބްސިޑީ ލިބޭނީ ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީ ވެގެން

masverin mifco

113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި