ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަދަފަދަ ވިއްސާރައިގައި ދެކުނު އިރުމަތީ އޭޝިޔާއިން 1،300 މީހުން މަރު، ލައްކާއިން އެކަނިވެސް 410 މަރު

TTH_Ads
STO_Ads
Maldivian_Ads
Advertisement

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ގަދަ ވައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން މަރުވި މީހުންގެ އަދަދު 1،300 އިން މައްޗަށް އަރައިފިއެވެ.

ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ރާއްޖެއާ އެންމެ އަވަށްޓެރި ސްރީލަންކާއިން 410 މީހުން މަރުވެ، 336 މީހުން ގެއްލިފައިވާއިރު، ވިއްސާރައިގައި އެންމެބޮޑަށް ގެއްލުން ލިބުނު ކޭންޑީ ސަރަހައްދުން އެކަނިވެސް 88 މީހުން މަރުވެ 150 މީޙުން ގެއްލިފައި ވެއެވެ.

ވިއްސާރައިގެ އަސަރު އެކި ގޮތްގޮތުން 1.5 މިލިއަން މީހުންނަށް ކޮށްފައިވާއިރު، ގެދޮރު ހަލާކުގެ ހާލުގައި ޖެހުނު އެތައްހާސް ބަޔަކު ސަރުކާރުގެ ވަގުތީ ހިޔާތަކަށް ވަނީ ބަދަލު ކޮށްފައެވެ.

HajjCop_ads
Advertisement

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ޓީމުތަކުން ކުރަމުން ގެންދާއިރު، ސްރީލަންކާގެ އަސްކަރީ ފައުޖާއި ފުލުހުންގެ ފައުޖުތަކުން ގެންދަނީ ބުލްޑޯޒަރުތައް ނެރެގެން މަގުތަކުން ކިސަޑާއި، ވެއްޓިފައިވާ ގަސްތައް ނަގައި މަގުތައް ސާފުކުރަމުންނެވެ. އެއީ، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ އަވަސް ގޮތަކަށް ފޯރުކޮށްދިނުގެ ގޮތުންނެވެ.

ޖެހުނު ގަދަފަދަ ވައިގެ ސަބަބުން މުއާސަލާތީ ޚިދުމަތާއި، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެ ޚިދުމަތްތައް ގުޅުމުގެ މަސައްކަތްވެސް ޓީމުތަކުން ގެންދަނީ ކުރަމުންނެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން ދެކުނު އޭޝިޔާގެ އިތުރުން، ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކުންވެސް އެތައް ބަޔަކު މަރުވެ، އެތައް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ދެކުނު އިރުމަތީ އޭޝިޔާއިން ވިއްސާރައިގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިޔާ، މެލޭޝިއާ އަދި ތައިލެންޑް ހިމެނެއެވެ.

ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި އިންޑޮނޭޝިޔާއިން 753 މީހުން މަރުވެފައި ވާއިރު، 551 މީހުން ގެއްލިފައި ވެއެވެ.

ވިއްސާރައިގެ ސަބަބުން އިންޑޮނޭޝިޔާއިން 1.1 މިލިއަން މީހުން ހާލުގައި ޖެހިފައި ވާއިރު، ވިއްސާރައިގެ އަސަރުކުރި މީހުންގެ އަދަދު 3.2 މިލިއަނަށް އަރާފައި ވެއެވެ.

ވިއްސާރައިގެ ސަބަބުން ތައިލެންޑުން 176 މީހުން މަރުވެފައި ވާއިރު، ވިއެޓްނާމުން 91 މީހުން މަރުވެފައި ވެއެވެ.

ވިއްސާރައިގެ ސަބަބުން މެލޭޝިޔާއިން 3 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް، އެ ގައުމުގެ މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރެއެވެ،

މިއީ، މިފަހުގެ ތާރީޚެއްގައި ދެކުނު އޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކަކަށް އެއްފަހަރާ މޫސުމީ މިފަދަ ކާރިޘާއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށް، ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ މާފަރަށް!

HR wkwHboAAiLJN

މިހާރު ކުރަމުންދާ ވިއްސާރާގައި ފޭދޫގެ 70 ގެއަށް ގެއްލުންވި: އެންޑީއެމްއޭ

Moosun

ކުރިއަށްއޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ

Klkl 1140x570

ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި