ކުއްލި ޚަބަރު

އެހީގެ ގޮތުގައި ލަންކާއަށް 50،000 ޑޮލަރު ދިވެހި ސަރުކާރުން ހަވާލުކޮށްފި

ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ވަޑައިގެންފި

ޤައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިން: މެޑަމް ސާޖިދާ

ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެންދިއުމުގެ ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 153 އަށް އަރައިފި

ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް:

ތޫފާން ދިތުވާގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ސްރީލަންކާއިން މަރުވި މީހުންގެ އަދަދު 153 އަށް އަރައިފިއެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި، އެކިއެކި ހާދިސާތައް ހިނގައި 191 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ފެންބޮޑުވުގެ ސަބަބުން ލަންކާގެ އެކި ކަންކޮޅުތަކުން ލައްކައަކަށް ވުރެ ގިނަމީހުންގެ ގެދޮރު  ގެއްލި ހާލުގައި ޖެހިފައިވާއިރު، ފެންބޮޑުވުމުގެ އަސަރު ހަތްލައްކައަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ، ފެންބޮޑުވުމުގެ ސަބަބުން 15،000 އަށްވުރެ ގިނަ ގެދޮރު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ މީހުން މިހާރުވަނީ ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މުޅި ސްރީލަންކާގައި މިހާރު ވަނީ ކުއްލި ހާލަތު ހިންގާފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީއަށް ލަންކާ ސަރުކާރުން ވަނީ ގޮވާލާފައެވެ.

ސްރީލަންކާ ސަރުކާރުގެ ގޮވާލުމަށް އަވަށްޓެރި ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ހޮނިހިރު ދުވަހުވަނީ އެހީގެ ސާމާނާއެކު ކޮލަމްބޯ ޕޯޓަށް ބަނދަރުކޮށްފައެވެ.

ޕާކިސްތާނު ނޭވީ އުޅަނދުގައި ގެންދިޔަ އެހީގެ ސާމާނުގެ ތެރޭގައި، ކާބޯތަކެއްޗާއި، ވަގުތުން ކެވޭ ސަމާނާއި، ބޭހާއި، ބޯފެނާއި، ޓެންޓު ހިމެނެއެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ އެހެން ގައުމުތަކަށްވެސް ވިއްސާރަކޮށް ބޮޑެތި ހާދިސާތައް ހިނގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ވިއްސާރައިގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ތައިލެންޑުން 163 މީހުން މަރުވެފައި ވާއިރު، އިންޑޮނޭޝިޔާގެ ރަށްތަކުން 370 އަށް އަރާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 334 އަަށް އަރައިފި

ރަނިލް ވިކްރަމަސިންހަ ހޮސްޕިޓަލަށް ބަދަލުކޮށްފި

Gettyimages 2199947537

ސްރީލަންކާގައި ރޭލެއްގައި ޖެހި 6 އެތެއް މަރުވެއްޖެ

TTH_advertisement