ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ހަދާ، ފަސް ބުރީގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ދިއްދޫގައި އިމާރާތްކުރަން ނިންމާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި އިމާރާތުގައި ގިނަ ހިދުމަތްތަކެއް ދިނުމަށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި އައިސޮލޭޝަން ފެސިލިޓީ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ސީޓީ އާއި އެމްއާރުއައި މެމޮގްރަފީ އާއި އަލްޓްރާ ސައުންޑުގެ ހިދުމަތް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އިމާރާތުގެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި އިންޑަސްޓްރިއަލް ލޯންޑްރީ އާއި އޮކްސިޖަން ޕްލާންޓް ގާއިމް ކުރުން ހިމެނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 185.6 މިލިޔަން ރުފިޔާއަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ.