ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ޕްލޭން ފާސްކުރި ވޯޓުގައި ބައިވެރި ނުވި ސަބަބު ރަޝިޔާއިން ހާމަކޮށްފި

ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވަސިލީ ނެބެންޒިއާ
STO_Ads
TTH_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ޣައްޒާ ޕްލޭން ފާސްކުރަން ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރި ނުވި ސަބަބު ރަޝިޔާއިން ހާމަކޮށްފިއެވެ.

ޣައްޒާ ޕްލޭން ފާސްކުރަން ނެގި ވޯޓުގައި، ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރު ދެ ގައުމު ކަމަށްވާ ރަޝިޔާގެ އިތުރުންވެސް ޗައިނާއިންވެސް ބައިވެރިއެއް ނުވެއެވެ.

ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވަސިލީ ނެބެންޒިއާ ވިދާޅުވީ، އެމެރިކާއިން ހުށަހެޅި ގަރާރުގައި ޣައްޒާގެ ކަންކަން ހިންގުމުގައި ފަލަސްތީނު ރައްޔިތުން ވަރަށް ބޮޑަށް އެކަހެރި ކޮށްފައި ވުމަކީ ރަޝިޔާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

HajjCop_ads
Advertisement

އަނެއް ކަމަކީ، ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރަން އެމެރިކާއިން އިޚްލާސްތެރި ގޮތެއްގައި  މަސައްކަތް ކޮށްފައި ނުވުމެވެ.

ރަޝިޔާގެ އެމްބަސެޑަރ ވަނީ، އެމެރިކާގެ ގަރާރުގެ ދަށުން އެކުލަވާލާ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖު، ފަލަސްތީނު ސަރުކާރާއެކު މަސައްކަތް ކުރާނެ ގޮތުގެ އެއްވެސް މައުލޫމާތެއް ގަރާރުގައި ހިމަނާފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފަލަސްތީނު ސަރުކާރުގެ އެއްވެސް ބަހެއްނެތި، ބައިނަލްއަގްވާމީ ސިފައިންގެ ފައުޖު އެމީހުން ބޭނުންގޮތަކަށް ބޭނުންކަމެއް ޣައްޒާގައި ކުރެވޭގޮތަށް އޮތް އޮތުން ގަބޫލު ނުކުރެވޭ ކަމަށްވެސް ރަޝިޔާ އެމްބަސެޑަރ ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ޕްލޭނަށް ރަޝިޔާގެ އިތުރުން، ޗައިނާއިންވެސް ދެކޮޅު ހަދަމުން ގެންދިޔައީ، ޣައްޒާއަށް ސިފައިން ފޮނުވުމާއި، ޣައްޒާގައި ވެރިކަން ކުރުމަށް އުފައްދާ ބޯޑުގައި ފަލަސްތީނު ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތުމުންނެވެ.

މިކަމަކީ، ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު ސަރުކާރާއި ޣައްޒާ މުޅިން ވަކިކޮށްލާ ގަރާރެއް ކަމަށްވެސް ރަޝިޔާއިން ސިފަކޮށްފައި ވެއެވެ. މިއީ، ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ.

ޣައްޒާގައި ސުލްހަ ބެލެހެއްޓުމުގެ ބަދަލުގައި އެމެރިކާއިން ކަނޑައަޅާ ސިފައިންގެ ފައުޖުން ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ޣައްޒާއަކީ ހަތިޔާރު ނެތް ތަނަކަށް ހެދުން ހިމަނާފައިވާތީ ރަޝިޔާއާއި ޗައިނާއިންވަނީ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން، 2027 ވަނަ އަހަރާ ހަމައަށް ޣައްޒާގައި ވެރިކަންކުރަ “ބޯޑު އޮފް ޕީސް” ނަމުގައި އުފައްދާ ބޯޑުންވެސް ފަލަސްތީނު އެއްވެސް މީހަކަށް ފުރުސަތު ދޭގޮތަށް ހިމަނާފައެއް ނުވެއެވެ.

މިކަމާހެދި، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތަކުން ރޭގައި ބުނެފައިވަނީ، ޣައްޒާގެ މައްޗަށް ބޭރުގެ ފަރާތްތަކުން ވެރިކަން ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ފުރުސަތު ނުދޭނޭ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމާސްގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފި

އިސްތިއުމާރީ ސިފައިން ޖަނާޒާއަށް ބޮންއެޅުމުން 7 މީހުން ޝަހީދު، 22 މީހުން ޒަޚަމް، ހަމާސްގެ ނުރުހުން

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް

ޣައްޒާގައި ފެންބަލާގޮސް ތިބި އާންމުންނަށް ހަމަލާދީ ދެމީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައިފި