ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

ސަޢުދީއަކީ އެންމެގާތް ޤައުމު، އަބަދުވެސް ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭ: ރައީސް

ރާއްޖެއާ އެންމެ ގާތް ޤައުމަކީ ސަޢުދީ ޢަރަބިއްޔާކަމަށާއި، އެ ޤައުމުން ރާއްޖެއަށް ޚާއްސަ އިސްކަމެއްދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ، ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށްކަމަށް ވިދާޅުވެފައެވެ.

މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖެއާއި އެންމެ ގާތް ޤައުމުކަން ފާހަގަކުރައްވާ، ސަޢުދީން ރާއްޖެއަށް ދެއްވާ އަހަންމިއްޔަތުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވް ހަމަޖެހިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މި ފުރުޞަތު ލިބިގެންދިޔައީ ސަޢުދީ ރަސްގެފަނާއި ވަލީއަޙުދު ރާއްޖެއަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި، ސަޢުދީ ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

“ޚާރިޖީ ގުޅުމުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް އަޅުގަނޑުމެން މިދެނީ ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް. ޚާއްސަކޮށް އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމަކީ ސަޢުދީ ޢަރަބިއްޔާ. ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ އެކީގައި އޮތް ގުޅުމުގެ ތެރެއިން ސަޢުދީ ރަސްގެފާނު އަދި ވަލީ އަޙުދު ދިވެހި ރައްޔިތުންނަށް ދެއްވާ އިސްކަމުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްވެސް ހަމަޖެހިގެން ދިޔައީ. މިއަދުވެސް ސަޢުދީ ރަސްގެފާނު އަދި ވަލީއަހުދަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން އެކަމަށްޓަކާ. އޭގެ ސަބަބުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ތެރެއިން އަޅުގަނޑުމެންނަށް މިވަނީ ޙައްޖުގެ ވަރަށް ގިނަ ފަސޭހަތައް މިދިޔަ ޙައްޖުގައި ލިބިފައި. އަދި އިރާދަކުރެއްވީތީ ދެން އަންނަ އަހަރުތަކުގައިވެސް އެގޮތަށް ލިބިގެންދާނެ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތްތައް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ، ދިވެހި ރައްޔިތުން އެންމެ ބޭނުންވާނޭ ގޮތް ކަމަށެވެ.

އެގޮތުން، “މޯލްޑިވްސް ފަރސްޓް” ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދޭދޭ ޤައުމުތަކާއެކު ވިޔަފާރިއާއި، އިޤްތިޞާދުގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް އިސްކަން ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.

އިސްތިރާޖީގޮތުން މުހިންމު ބައެއް ޤައުމުތަކުގައި ދިވެހީންގެ މަސްލަހަތު ތަމްސީލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ޤަޠަރާއި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީތައް ޤާއިމުކުރައްވައި، 27 ޤައުމަކަށް، ނޮން-ރެޒިޑަންޓް ސަފީރުން ޢައްޔަންކުރައްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ބޮޑެތި ޖަމުޢިއްޔާތަކަށް ރާއްޖެއިން މަންދޫބުން ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

ބަޔޯމެޓްރިކްސް ނުދީ އުޅެމުންދިޔަ 922 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފިން: ރައީސް

TTH_advertisement