ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

778
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުއްޓައި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ، ކަމަށެވެ. މިހާތަނަށް އެ މައްސަލާގައި 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އަލަމިން އަކީ ހައްޔަރުކުރި ހަމައެކަނި ބިދޭސީ މީހާއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

އެ ކޮންޓެއިނަރުތައް ވަގަށް ނަގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއީލް ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ފުވައްމުލަކުގައި ވެރިންނަށް ނޭނގި ބާލާފައި ހުރި ގިނަ އަދަދެއްގެ ކުރުނބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންގެ އިންސްޕެކްޓަރ ކޯސް 6 ފަށައިފި

ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކާ ގުޅޭ ތަހުގީގަކަށް ދެ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި