ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

STO_Ads

ހަގީގީ މާނައިގައި “އެންމެނަށް ބޯހިޔާވަހިކަން” މި ސަރުކާރުން ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ބައެއް މަޝްރޫއުތައް ފައްޓަވައި އަންނަ އަހަރުވެސް އެކި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

“ދިވެހީންގެ ރާއްޖެ” ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ ހަވާލުކޮށްގެން އެކި ރަށްރަށުގައި 825 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު 16 ރަށެއްގައި 1100 ހައުސިންގ ޔުނިޓު ތަރައްގީ ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ބީއެމްއެލްއާ ހަވާލުކޮށް 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު 4500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Maldivian_Ads

ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް 5 މަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15000 ގޯތި ލިބޭ މީހުން ކަނޑައެޅިގެންދާނެ ކަމަށާއި އެ އުސޫލުތައް އަންނަ ހަފުތާގައި އާންމު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“1500 ގޯއްޗަށް ހުޅުވާލާނަން. އެއީ މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭހެން އުސޫލުގައި ތަފްސީލު އޮންނާނީ. އިރާދަކުރެއްވިއްޔާ އެތަން ހިއްކާ ނިމޭއިރު ގޯތި ލިބޭ މީހުން އޮންނާނީ ކަނޑައަޅާ ނިމިފައި،” ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް އެތަންތަން ދެއްވާނެ ކަމަށެވެ. އަދި ކަނޑުފަޅުން ދީފައިހުރި ގޯތިތައް ހަވާލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ގެ ދެކަނބަލުން، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްެރާއަށް ވަޑައިގަންނަވަނީ

muiz

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް