ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 97 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވައިފިއެވެ.

އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

އިޝްތިހާރު އިޝްތިހާރު

އިނާމު މިއަދު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ. މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި 94 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ އިނާމު ދެއްވާފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި އިނާމު ދެއްވަން ފެއްޓެވީ، 2021 ވަނަ އަހަރު އެވެ. އެއީ، ވަރަށް ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުން އޭރުވެސް ތިއްބެވުމާއެކު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން

1- ސާޖަންޓް ރިޓަޔަރޑް އަލީ މުޙައްމަދު- ހުޅުމާލެ ފްލެޓް ސީ 83އޭ 2-އައިޝަތު ވަހީދާ: މއ. އަކިރިފުށި ދެކުނުބައި 3- އާއިޝަތު ރަޒިއްޔާ: އަރިސް ކ.ހުރާ 4- އަޙްމަދު ފިރާޤް/ ނިޝާން ކ. ތުލުސްދޫ 5- އިވްރާހިމް ނަޝީދު އަޙްމަދު /ކަރަންކާގެ، އދ. ފެންފުށި 6- މުޙައްމަދު ޚަލީލް/ ތުނޑި. ނޫފަރު/ ލަ.ގަން 7- މުޙައްމަދު އާސިމް/މ.ޓެސްކޯ 8- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް/ ހުޅުމާލެ ފްލެޓް ނަންބަރު: 88ޖީ04 9- މުޙައްމަދު އަޙްމަދު/ ދަފްތަރު ނަންބަރު: ރސ5204 10- ޒުލްފާ މުޙައްމަދު ޢަލީ: މއ. ދަނަސް 11- އިބްރާހީމް ނަޞީރު/ ހ.ސޯޓޭލްވިލާ 12- ކެޕްޓަން އަޙްމަދު ޝާހިދު/ މޫނިމާގެ ،ދ. ކުޑަހުވަދޫ 13- އަލްއުސްތާޛް މުޙައްމަދު ރަފީޢު: މ. ހޯރަވިލާ 14- ފާތިމަތު މުޙައްމަދު/ ޔަމަން، ހދ. ކުޅުދުއްފުށި 15- ޢާއިޝަތު މައުސޫމާ ހަސަން،/ މ. ލުބޯގަސްދޮށުގެ 16-މުޙައްމަދު ނަސީމް އަބްދުއްސަމަދު. ދަފްތަރު ނަންބަރު:ރސ 3525 17- ރުގިއްޔާ އިބްރާހިމް: ހުޅުމާލެ ފްލެޓް ނަންބަރު:1105 18- ޗީފް ވޮރެންޓް އޮފިސަރަ މުޙައްމަދު ނަޞީމް/ ރޯސްގާޑަން، ސ.ފޭދޫ 19-އަލީ އާމިޒު/ މއ. ޕެންޒީވިލާ 20- ފަސްޓް ސާރޖަންޓް ރިޓަޔަރޑް މުޙައްމަދު ޙަމީދު/ ގ.މާލެހިޔާ 19103 21- އައްބާސް މުޙައްމަދު: މ. ހޮޓާދޮށުގެ 22- ފާތިމަތު އަޒީޒާ : ދަފްތަރު ނަންބަރު:ރސ 5348 23-އަލީ ސަލީމް މޫސާ: މ.ޖޭޒްމިން ވިލާ 24- އާއިޝަތު މުފީދާ :ހުޅުމާލެ ފްލެޓް ނަންބަރު132304 25- ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް އަޙްމަދު ނަޝީދު / ދަފްތަރު ނަންބަރު: 154 26- މުޙުސިނާ ޔޫސުފް/ ނީލޯފަރުގެ ރ. އުނގޫފާރު 27- އާބްދުލްޖަލީލް އިބްރާހިމް: ލައިޓް ކޯނަރ. ބ. ކެންދޫ 28- ސާޖަންޓް ފަސްޓް ކްލާސް ރިޓަޔަރޑް އަބްދުﷲ މުޙައްމަދު/މއ.އެކްސެލްސް 1 29- އާމިނަތު މަދީހާ/ ހ. ރޭލައިޓްވިލާ 30- އިސްޙާޤް އަހުމަދު/ ކޮއިލު/ ރ.މީދު 31- ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު/ ދަފްތަރު ނަންބަރު:ރސ6340 32- ޢަބްދުލް ލަޠީފް އިބްރާހިމް/ ވައިޖެހޭގެ ހއ. އުތީމް 33- މަންސޫދާ އަލީ/ ހުޅުމާލެ ހިޔާ 30215 34- މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛް ޢަބްދުލް ޤާދިރު/ ހުވަނދު، އދ.ދަނގެތި 35- ޖަމީލާ ހަސަން/ ޝަބްނަމީގެ/ސ. ފޭދޫ 36- އާއިޝަތު ހަނީ / ގ. ޑޯލްފިންހައިސް 37-އިބްރާހިމް ރަޝާދު/މ.ބޮނޑިމާގެ 38- ބަދޫރާ ސަޢީދު/ ދަފްތަރު ނަންބަރު: 13465 39-ސާޖަންޓް ފަސްޓް ކްލާސް މޫސާ ނަޢީމް. މަލަސް/ ފ. ނިލަންދޫ 40-ސާޖަންޓް މޭޖަރ އަޙްމަދު އާރިފް. ހުޅުމާލެ ހިޔާ 151903 41- ސަރޖަންޓް މޭޖާރ އިބްރާހިމް ރާޒީ/ގުބުރީގެ ސ.ހިތަދޫ 42-ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޒައިން/ ޗާންދަނީމާގެ، ތ. ވިލިފުށީ 43- އަހްމަދު އަބްދުލްކަރީމް / މާކޯލީ، ތ. ހިރިލަންދޫ 44- އާސިމާ އަލީ އަބްދުއްރަޙްމާން. ކާނިގެސްދޮށުގެ/ ހދ. ނާވައިދޫ 45- އާއިޝަތު މުޙައްމަދު / މާދަނޑު ފުރޫޝަން/ ޏ. ފުވައްމުލައް 46- އަލްއުސްތާޛް ޤާސިމް ޢަލީ / ސައްކެޔޮގެ. ނ. މަނަދޫ 47- މުޙައްމަދު ނަޞީރު/ ވާދީގެ. ހދ. މަކުނުދޫ 48- އާބިދާ ވަޞީމް/ ދަފްތަރު ނަންބަރު: ރސ. 4477 49- ޤާސިމް އަޙްމަދު/ ހެދޭކުރި، ބ.ހިތާދޫ 50- ރަޙްމާ ޢަބްދުލްރަޙްމާން/ ހ.ދިއްލީގެ 51- ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީ / އިރަމާގެ. ނ.ހޮޅުދޫ 52- އާމިނަތު އުލްފާ/ ހ. ފޮނިފޮނިމާގެ 53- އަބްދުއްރައްޒާޤް ޔޫސުފް/ ހ.ހުދުރިހި 54- އަމްޝޫދާ ނަޢީމް/ އައިސްގެ. ސ.ފޭދޫ 55- މުޢާދު ތަޢުފީޤް/ މ.ތަޅަމުދިގެ 56- އަބްދުލްﷲ ސަމީރު/ ފުނަމާގެ، އއ. ރަސްދޫ 57- ސާޖަންޓް މޭޖަރ ހަސަން އިބްރާިހިމން / ނަލަރީތިގެ، ހދ. ކުޅުދުއްފުށި 58- ފަސްޓް ސާރަޖަންޓް ބުޝްރީ ޒާހިރު/ މ.އަންސަރާ 59- އާއިޝަތު ސާދުނާ/ ހ.ސިލްވާވޭވް 60- ޒަރީނާ މުހައްމަދު/ އާޒާދީޤުލްޝަން/ ސ. ހިތަދޫ 61- މޭޖަރަ ޖެނަރަލް ރިޓަޔަރޑް ވައިސް ވަޙީދު /ހ.ވައިޓްސެޑާ 62- އާމިނަތު ނަސީމް/ ފޫޅޫމާއާގެ. ސ.ފޭދޫ 63-ފައިޒް ވަހީދު/ ހ. ހަތިހާ 64- ސަމީރާ ހުސައިން/ ދަފްތަރު ނަންބަރު: ރސ.5272 65- ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާޙިމް ރިޔާޒް/މ. ސިލްވާމޫން 66- ސާޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން/ ހުޅުމާލެ ހިޔާ 80405 67-ފަސްޓް ސާޖަންޓް އަހްމަދު ރާޝިދު/ ހުޅުމާލެ ފްލެޓް ނަންބަރު125104 68-ފަސްޓް ސާޖަންޓް އަހްމަދު ނާޒީމް / މއ. ފުފޫގެ 69- ޚަދީޖާ ހުސައިން/ ފުރުންމާގެ/ ނ. ވެލިދޫ 70- މުޙައްމަދު ޒިޔާދު/ ގ. ގުރަހާގެ 71- ޒާހިރާ މޫސާ. ހުޅުމާލެ ހިޔާ 070210 72- ހައްވާ ޒާހިރާ: އަޒޭލީޔާ.ސ. ހިތަދޫ 73-ސްޓާފް ސާޖަންޓް ރިޓަޔަރޑް އަހްމަދު ސަލީމް/ ދަފްތަރު ނަންބަރު: ދރ.0066 74- އިބްރާހީމް ބަޝީރު އަޙްމަދު/ ދިގުވާޑް. ޖުޕިޓަރ ޏ.ފުވައްމުލައް 75-ޙާމިދު މުހައްމަދު/ މ.އަސެރީހަނދާން 76- ޢަބްދުލްލަޠީފް ޙަސަން / ކަށިމާވިލާ . ހއ. ދިއްދޫ 77- އިބްރާޙިމް ޝަކީބް/ ބޮކަރުމާގެ/ ބ. ކުޑަރިކިލު 78-ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުޙައްމަދު/ ހުޅުމާލެ ފްލެޓް ނަންބަރު 92304 79- ސަޖެންޓް މޭޖަރ މުޙައްމަދު ހުސައިން / ހުޅުމާލެ ފްލެޓް ނަންބަރު 119104 80- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ސުޖާއު/ ހުޅުމާލެ ފްލެޓް ނަންބަރު: 11303 81- ސާޖަންޓް މޭޖަރ ރިޓަޔަރޑް އަލީ މާހިރު ދަފްތަރު ރސ. 4399 82- އަހްމަދު އިކުރާމް/ ގ. އިވްނިން ސްޓަރ 83- އަބްދުލްމުހައިމް ހުސައިން / ހުޝާމިން. ރ.އިނގުރައިދޫ 84- ޝަފިއާ ޔޫސުފް/ދިލްބަހާރުގެ ރ. އިނގުރައިދޫ 85- ވޮރެންޓު އޮފިސަރ 2 އަބްދުއްރައްޒާޤު ޢަބްދުއްރަޙްމާން/ ކާށިދޫގެ. ހއ. ބާރަށް 86- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޓަޔަރޑް އަލްއުސްތާޛް އާބްދުއްނާސިރު ޔޫސުފް/ ހުޅުމާލެ ފްލެޓް ނަންބަރު: 89101 87- އާއިޝަތު ނަސީމާ/ ހ.ޕިންކްސްސްޓަރ 88-ހުސައިން އަލީ / މާޔާ. ރ. އުނގޫފާރު 89- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ވަޖީހް/ ދަފްތަރު ނަންބަރު 3331 90- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް / ހުޅުމާލެ ފްލެޓް ނަންބަރު 137104 91- ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް ފަތުހުއްﷲ ވަޙީދު / ހ. ނޫއަލި 92- ޙަފްސާ ހުސައިން. ދަފްތރަު ނަންބަރު ދރ. 107 93- ހުސަިއން އަލީ/ ގުލްޗަބޭލީގެ / ބ. ތުޅާދޫ 94- ކޮމާންޑް ސާޖަންޓް މޭޖަރ ރިޓަޔަރޑް މޫސާ އާދަމް. ބަންޑާރާގެ/ ލ.މާބައިދޫ 95-އަޙްމަދު ޒިޔާދު/ މ.ނިޝާން 96- އަލްއުސްތާޛް ހަސަން ހަމީދު/ މ.ބަނާރަސް 97- އަލީ ރަޝީދު އިބްރާހިމް/ ދަފްތަރު ނަންބަރު 5000

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.