ކުއްލި ޚަބަރު

“މަސްވެރިޔާ” ޕޯޓަލް އިފްތިތާހުކޮށްފި

މަސްވެރިންނަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދުން ލަސްވަނީ އިގްތިސާދީގޮތުން ބަލަންޖެހޭ ކަންކަންހުރުމުން: ރައީސް

މެންބަރު މައުރޫފް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ވަރަ އެކްސްޕޯ ނިންމާލައިފި

މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބޭއްވި “ވަރަ” އެކްސްޕޯ ނިންމާލައިފި އެވެ.

މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އާ ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެކްސްޕޯ އެކެވެ.

މިނިސްޓްރީން ބުނީ ވަރަ އެކްސްޕޯގައި 146 އެގްޒިބިޓަރުން ބައިވެރިވީއިރު، އެކްސްޕޯގެ ތެރެއިން 1146 ވަޒީފާގެ ފުރުސަތު ހުޅުވިގެން ގޮސްފައިވެ އެވެ. އަދި 200 އަށްވުރެ ގިނަ އެޕްރެންޓިސްޝިޕް ފުރުސަތާއި، 500 އަށްވުރެ ގިނަ އިންޓާންޝިޕްގެ ފުރުސަތުގެ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މި އެކްސްޕޯގައި ބައިވަރު ސްޓޯލްތައް ހުރިއިރު، ކެރިއާ ޒޯންއަކާއި، އެޑިއުކޭޝަން އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯންއެއް ހުރި އެވެ. އަދި ތަފާތު ކާ އެއްޗެހި އާއި އެހެނިހެން ގަހަނާ ކަހަލަ އެއްޗެހިވެސް ހުރި ސްޓޯލްތައް ހުރި އެވެ.

މީގެއިތުރުން އެކްސްޕޯގައި ލައިވް މިއުޒިކް އާއި އެކި ހުނަރުވެރިންގެ ހުނަރުތައް ފެނިގެން ގޮސްފައިވެ އެވެ.

އެކްސްޕޯ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެކްސްޕޯގައި އެކި އުމުރުފުރައިގެ ފަރާތްތައް ބައިވެރިވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Ismail Shafeeu

2027 އިން ފެށިގެން ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަށް ނިންމައިފި

“ވަރަ” އެކްސްޕޯ ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

ހުވާވޭ ކުންފުނީގެ އައިސީޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި 4 ދަރިވަރަކަށް

TTH_advertisement