ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަންކެޑެގައި އައު މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ ކުންފުންޏަކަށް: ރައީސް

STO_Ads
TTH_Ads

އައްޑޫސިޓީ ހަންކެޑެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ތުރުކީގެ ކުންފުންޏަކަށް ފުރުޞަތު ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްކުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާންކުރެއްވީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރުމަށް މިދިޔަ ސަރުކާރުން ނެރުއްވި ގަރާރު އުވާލައްވައި އަލުން ފުރުސަތު ހުޅުވާލެއްވީ މި ސަރުކާރުން އެކަމުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން ދާއިމީ ހައްލެއް ގެނައުމުގެ މަޤްޞަދުގައިކަމަށެވެ.

HajjCop_ads

އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް އަލުން ހުޅުވާލުމުން ތުރުކީގެ އިންވެސްޓަރަކު ހުށަހެޅި ޕްރޮޕޯސަލެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބަލައިގަނެފައިވާކަމަށެވެ. އަދި ހަންކެޑެ މަޝްރޫއު ހަވާލުކުރިކަމުގެ ސިޓީ އެ އިންވެސްޓަރަށްދީ، އަންނަ ޑިސެމްބަރު މަހުގެ 7 ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތުދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ޔަގީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރެޔޭ ހަފުތާއެއްހާ ދުވަސްތެރޭގައި ވެސް އެ ޕޭމެންޓް ހަދަން. ހެދިއްޖިއްޔާ ލީސް އެގްރީމަންޓްގައި ސޮއިކުރާނެ، އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގައި. އެއީ ޖުމްލަ 3،000 އެނދުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ވަނީ އުވައިލައްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

43

އުމްރާގެ އަޅުކަމަށް ސީދާ އައްޑޫ ސިޓީން ސައުދީއަށް ދަތުރުތައް ފަށަނީ

އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް އެމްޑީޕިއަށް

addu

އައްޑޫ ސިޓީން ކަރަންޓު ކެނޑުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް، ތަހުގީގުކުރަން ފަށައިފި