ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް، ޝަންގްރީ-ލާ އަށް ޒިޔާރަތްކުރައްވާ މަސައްކަތް ބައްލަވާލައްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަށް ޒިޔާރަތް ކުރައްވާ އެ ރިސޯޓް ހުޅުވުމަށް ކުރަމުން ގެންދަވާ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޝަންގްރީ-ލާއަށް ޒިޔާރަތް ކުރެެއްވީ މިއަދު ހަވީރު އެވެ. މި ދަތުރުފުޅުގައި ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ޝަންގްރީ-ލާ ރިސޯޓް ހުޅުވުމަށް ކުރަމުންދާ މަަސައްކަތް ރައީސް ވަނީ ބައްލަވާލައްވާފަ އެވެ.

ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަކީ ދިވެހިރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި އޮތް އެންމެ މުހިންމު އެއް ރިސޯޓެވެ.

HajjCop_ads
Advertisement

މި ރިސޯޓް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. މި ރިސޯޓް ހުޅުވުމަށް ކުރެވޭ ތައްޔާރީތަކަކީ ދެކުނުގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ. އައްޑޫގެ އިގްތިސާދާ ގުޅިފައިވާ 500 އެނދުގެ ރިސޯޓް ބަންދުކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ޝަންގްރިލާ ބަންދުކުރިއިރު އެތަނުގައި 500 ވަރަަކަށް މީހުން ވަޒީފާ އަދާކުރަމުންދިޔައެވެ.

ދިވެހިރާއްޖޭގައި އެއް ސަރަހައްދެއްގައި ވަޒީފާ ނެތް މީހުން ނިސްބަތުން އެންމެ ގިނަ އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ވަޒީފާ ނެތް ޒުވާނުން އިތުރުވާ އެއް ސަބަބަކީ އައްޑޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރެވިފައި ނެތުމެވެ. އައްޑޫގައި އުފެދިފައި ހުރި އިގުތިސާދީ މަދު ފުރުސަތުތައް ނެތިގެންދިއުމަކީ އިތުރަށް ވަޒީފާ މަދުވާނެ ކަމެކެވެ.

އެހެންކަމުން، ޝަންްގްރިލާ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެކެވެ. އެގޮތުން ރިސޯޓުން އުފެދޭ ވަޒީފާތަަކުގެ އިތުރަށް ރިސޯޓާ ގުޅިގެން އުފެދޭ އެކި އެހެނިހެން ވިޔަފާރިތަކުންވެސް ވަޒީފާގެ ފުރުސަތުތައް އައްޑޫއަށް ފަހިވާނެއެވެ.

އޭގެ އިތުރަށް ޝަންގްރިލާ ފަދަ މަތީ ފަންތީގެ ރިސޯޓެއް އައްޑޫގައި އޮޕަރޭޓުކުރުމަކީ މިހާރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެ، މިހާރުވެސް ދަތުރުކުރަމުންދާ އެއާއިލައިންގެ ފުލައިޓުތައް އިތުރުވާނެ ކަމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް