އައްޑޫ ސިޓީ, ހިތަދޫގެ ފްލެޓެއްގެ މަތިން ކުޑަ އަންހެންކުއްޖަކު ވެއްޓިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 12:00 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ހިތަދޫ، ފްލެޓް ނަމްބަރު 14 ގެ ދެވަނަ ފަންގިފިލާ އިން ކުއްޖަކު ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.

ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.