ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ހިތަދޫ “މައިލޯސިޓީ” ގޭގައި “ޑްރަގް ކެފޭ” އެއް ހިންގާތީ އެ ގެ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި

Hithadhoo Addu
TTH_Ads
STO_Ads
Advertisement

އައްޑޫ ސިޓީ ހިތަދޫ “މައިލޯސިޓީ” ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

މި އަމުރު ނެރެފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 2-156 ވަނަ މާއްދާގެ ދަށުން ނެރުނު މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ. އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

މީގެ އިތުރުން އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން “މައިލޯ” ނަމުގައި ހިންގާ ގްރޫޕަކަށް ނިސްބަތްވާ 5 މީހަކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވެއެވެ. އެމީހުން ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތައް މިލިއަން ރުފިޔާ ދައުރުކުރިކަމުގެ ތުހުމަތުގައެވެ.

ހިތަދޫ ގެއްގައި މަސްތުވާތަކެތީގެ ހިދުމަތްދޭތީ ބަންދުކޮށްފައިވާއިރު، އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދޭން ޕީޖީއޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫފޭދޫ ގެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭތީ އެ ގެ ބަންްދުކުރަން މިދިޔަ މަހު ކޯޓުން އަމުރުކޮށްފައިވާއިރު، ކުށްތަކަށް އަރައިގަންނަ މީހުން ބޭނުންކުރާ ހިތަދޫ އެހެން ގެއެއް 90 ދުވަހަށް ބަންދު ކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް ހަމަޖައްސަވައިފި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަލްޓި ގްރޫޕްގެ އާފިހާރަ “މަލްޓި ހާޑްވެއާ” އައްޑޫސިޓީ ހިތަދޫގައި ހުޅުވައިފި

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި