ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރީގެ އަރާރުންތައް ނިމުމަކަށް ގެނައުމަށް ޗައިނާއާއި އެމެރިކާއިން އެއްބަސްވެއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިއަދުގެ ތާރީޚީ ސަލާންކުރެއްވުން:
STO_Ads
TTH_Ads
Advertisement

ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ އަރާރުންތަކަށް ނިމުން ގެނައުމަށް ދެގައުމުން އެއްބަސްވެއްޖެއެވެ.

އެ ދެގައުމުން މިކަމަށް އެއްބަސްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ދެކުނު ކޮރެއާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެކެވި ކުރެވުނު މަޝްވަރާތަކުއެވެ.

ޗައިނާގެ ރައީސާއެކު ދެކެވުނު ވާހަކަތަކުގެ ނަތީޖާއަށް އިޝާރާތްކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވާހަކަތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށާއި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ “ހުރިހާ” މައްސަލަތަކަށް ހައްލު ހޯދުނު ކަމަށެވެ.

HajjCop_ads
Advertisement

ޓްރަމްޕްވަނީ، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަން ކަނޑައެޅި 57 އިންސައްތަ ޓެރިފް، 47 އިންސައްތައަށް ކުޑަކުރަން ނިންމަވާފައެވެ. އެއީ، ޗައިނާއިން ކުރަން އެއްބަސްވި ކަންކަމުގެ ބަދަލުގައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއެކު ބޭއްވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ އިގްތިސާދީ އަދި ވިޔަފާރީގެ މައްސަލަތަކަށް ދެގައުމުގެ ވަފުދުތަކުން ފުންކޮށް ވާހަކަ ދައްކައި ގޮތްތަކަކަށް އެއްބަސްވެވިއްޖެ ކަމަށެވެ.

ނަމަވެސް، ޚިލާފްތައް އަދިވެސް ވާހަކަ ދައްކައިގެން ކުޑަކުރަން ޗައިނާގެ ރައީސް އެދިވަޑައިގެންފައި ވެއެވެ.

ޗައިނާގެ ޒިންހުވާ ނޫހުން ބުނެފައިވަނީ، ބަދަލު ހިފުމުގެ ރޫހު އެއްފަރާތްކޮށް އެމެރިކާއާއި ޗައިނާއަށްވެސް ދެމެހެއްޓެނިވި މަންފާކުރާ ގޮތަށް މުސްތަގްބަލަށް ކަންކަން ރޭވުމުގެ މުހިންމުކަން ޗައިނާގެ ރައީސް ޝީ، އެމެރިކާގެ ރައީސަށް ދެންނެވި ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި