ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރިހައި ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިމިއްޖެ

TTH_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގި ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ވަގުތަކު އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.

ބޭންކުން މިކަން ހާމަކޮށްފައިވަނީ މި މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއު ވަރަށްވެސް ކުރު މުއްދަތެއްގައި ނިންމުމަށް ބޭންކުގެ ޓީމުން ކުރި ހާއްސަ މަސައްކަތް ފާހަގަކޮށް އެ ޓީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި މަޝްރޫއު ހިންގި ޓީމް ލީޑުކޮށްފައިވަނީ ބޭންކުގެ ޑިރެކްޓަރ އޮފް އެގްޒެކެޓިވް އެފެއާޒް، ޕްރޮޕަޓީޒް އެންޑް އެޑްމިނިސްޓްރޭޝަން، ޙަސަން ޝާމްއެވެ.

“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ. މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ.

HajjCop_ads
MMA_Ads
Advertisement

އަދި މި މަސައްކަތް ނިންމާފައިވަނީ އެންމެ މަތީ ފެންވަރުގައި، ވީހާވެސް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކޮށްގެންނެވެ. މި މަޝްރޫއު ހިންގުމުގައި ޚަރަދު ކުޑަކުރުމާއި މަޝްރޫއުގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭންކުން އޭޓީއެމް ޤާއިމުކުރުމަށް ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު، %33 ޚަރަދު ކުޑަކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ.

ބެންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

“މިއަދު މިވަނީ ބޭންކުގެ ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށްފަ. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ޚިދުމަތް ލިބޭނެ. ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއް. އަދި މި މަސައްކަތް މިހާ އަވަހަށް އަދި މިހާ ފުރިހަމައަށް ނިންމާލެވުނީތީ އަޅުގަނޑުމެން ފަޚުރުވެރިވަން. އަޅުގަނޑުމެންގެ ޓީމުން ކުރި މިންނެތް ބުރަ މަސައްކަތުގެ ސަބަބުން މި ހުވަފެން މިވަނީ ހަގީގަތަކަށްވެ، ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑުމެންގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދީފައި.” ޝަރީފް

“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއިން ރާއްޖޭގެ ރައްޔިތުންގެ މާލީ ބައިވެރިވުމަށް ގެނެސްދިން ހެޔޮ ބަދަލުތަކުގެ ސަބަބުން ، ބައިނަލްއަގުވާމީ އިދާރާއެއްކަމަށްވާ ކޯރަސް އިން ވަނީ ބޭންކް އޮފް މޯލްޑިވްސްއަށް ‘އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ ޔިއަރ އިން ފައިނޭންޝަލް އިންކްލޫޝަން’ ޝަރަފުވެރި އެވޯޑް ދީފައެވެ. މި އެވޯޑުން ދައްކުވައިދެނީ، ރާއްޖޭގެ ރަށްރަށުގެ މާލީ ހިދުމަތްތައް ލިބޭނެ ފުރުސަތު އިތުރުކުރުމަށް މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތުގެ ބޭނުންތެރިކަމާއި މުހިންމުކަން ކަމުގައި ބީއެމްއެލުން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ބިއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފި

bml

ޑޮލަރު ކާޑުން ވިޔަފާރިކޮށްގެން ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް

bml

ކްރެޑިޓް ކާޑުތަކުން އިތުރު ޗާޖެއް ނުނަގަން: ބީއެމްއެލް

bml

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވަނީ