ޅ. ހިންނަވަރުގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އޮފީސް އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރައީސް މުއިއްޒު މި އޮފީސް ހުޅުއްވާދެއްވީ، އެމަނިކުފާނު މިހާރު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހިންނަވަރަށް ކުރެއްވި ޒިޔާރަތުގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެތަން ބައްލަވާލައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި  ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ހިންނަވަރު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.