ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރުގެ ތެރޭ ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަނީ

Dd
STO_Ads
TTH_Ads

އަންނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ވައިގެ ތެރޭގައި ލޮނުގެ އަސަރު ގިނަކަމުން ވެހިކަލްތަކަށް މޮޑިފިކޭޝަންތަކެއް ގެންނަޖެހޭ ކަމަށެވެ. އެހެންވެ އެ ޚިދުމަތް ފެށުމަށް އިތުރު ވަގުތު ބޭނުންވަނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Maldivian_Ads

“މިއީ ލޮނުގެ އަސަރު ކުރާ ސަރަހައްދަކަށްވެފައި އަޅުގަނޑުމެންނަކީ އައިލެންޑް ނޭޝަންއަކަށް ވީމާ، މީގެ މޮޑިފިކޭޝަންސްތަކެއް އުފައްދާ ފަރާތްތަކުން ކޮންމެވެސް ވަރަކަށް ގެންނަންޖެހޭތީ އެ ބަދަލާ އެކީގައި ކުޑަ ލަސްވުމެއް މި އަންނަނީ، އެކަމަކު ވެސް އިރާދަކުރެއްވިއްޔާމުން މި އަހަރު ނިމޭ ހިސާބުގައި ނޫނިއްޔާމުން ޖެނުއަރީ ހިސާބުގައި ތިޔަ ވިދާޅުވި ޓެކްސީ ލައިނުގެ ހިދުމަތް ފެށިގެން ދާނެ،” އަމީން ވިދާޅުވިއެވެ.

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތައް ގެންނަން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން ނިންމީ މާލެ ތެރެއިން ޓެކްސީ ނުލިބޭ މައްސަލަ ބޮޑުވެ ރައްޔިތުންގެ ޝަކުވާ ސަރުކާރަށް ލިބެން ފެށުމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

Oo

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެ

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ