ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރުސަތު، ޞަފާ، އަދި ޞަރާހަތު މީޑިއާ ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފި

TTH_Ads
STO_Ads

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކޮށްފައިވަނީ، ކޮމެޓީންވެސް ރުހުން ދެއްވި ތިން ބޭފުޅުންނަށެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރެއިން 2 ބޭފުޅަކު އިންޓަރިއު މަރުހަލާގައި ނަން އަނބުރާ ގެންދިއުމުން، 8 ބޭފުޅުންނާއި އިންޓަރވިއުކޮށް ކޮމިޓީން ވަނީ 3 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ. ކޮމިޓީން ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނީ %75 އަށްވުރެ މަތިން މާކްސް ލިބޭ ބޭފުޅުންގެ ނަންތަކެވެ.

ކޮމެޓީން ފޮނުވިގޮތަށް، ތަޅުމުން ފާސްކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުޝަތަށެވެ.

HajjCop_ads

މަޖިލީހުން ކަނޑައަޅާ 3 މެމްބަރުން:
– ޞަފާ ޝަފީގު 54 ވޯޓު
– އައިމިނަތު ސަރާހަތު 54 ވޯޓު
– މުހައްމަދު ފަރުޝަތު 54 ވޯޓު

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެއެވެ. އެ ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ. ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ޢަބްދުލްޢަޒީޒް އިބްރާހީމާއި، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ސިމާޙާ ނަސީމާއި، ޙުސައިން ޘަޤީފެވެ.

މަޖިލީހުން އައްޔަން ކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.

އައު ޤާނޫނާއެކު މިހާރު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މަސްއޫލިއްޔަތުތައް ދެން އަދާކުރާނީ މި އައު މީޑިއާ ކޮމިޝަނުންނެވެ. މީގެ އިތުރުން، ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާގައި ދަފުތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުޝީފު އެ ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނީވެސް ކަމާ ބެހޭ ވުޒާރާގެ ބަދަލުގައި އެ ކޮމިޝަނަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

އާ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

Majlis

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި

43

ވަޠަނީ ޚިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ