ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

މިލަންދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

އިޝްތިހާރު އިޝްތިހާރު

އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު މިހާރު ވަނީ ފުއްދަވާފައެވެ.

ސަރުކާރުން މިހާރު އަންނަނީ އާބާދީގެ ގޮތުން މީހުން ގިނަ ރަށްތަކުގައި ވެސް އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ތައާރަފްކުރަމުންނެވެ.