ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯއިން އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ވިއްކަން ފަށައިފި

Whatsapp image 2025 10 15 at 13.37.11
TTH_Ads
STO_Ads
Advertisement

އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅި 23 ބާވަތް ރާއްޖެ އެތެރެކޮށް އެސްޓީއޯ އިން ވިއްކަން ފަށައިފިއެވެ

އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެޗެވެ. މިއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައެވެ. މިގޮތުން ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މިއަދުން ފެށިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެއެވެ.

މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަގުތައް:

MMA_Ads
HajjCop_ads
Advertisement

މޭވާ ތަރުކާރީ
·       ދޮންކެޔޮ ·       ފިޔާ
·       އާފަލު ·       އިނގުރު
·       އޮރެންޖު ·       ކެރެޓު
·       ލުނބޯ ·       ބަށި
·       ޖުމްހޫރީމޭވާ ·       ކައްޓަލަ
·       އަނބު ·       އަލުވި
·       ފަޅޯ ·       ކެބެޖު
·       ކަރާ ·       ބަރަބޯ
·       މިރުސް ·       ބޯވެލި
·       މޭބިސްކަދުރު ·       ލޮނުމެދު

Whatsapp image 2025 10 15 at 13.37.07

އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި

  • ރީނދޫ މުގު
  • ކުކުޅު ބިސް
  • ކާށި
    ނޯޓް: އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮއްފައެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ “އަގުމަގު” ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
    ހަމަ މިއާއިއެކު، ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުމެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ

އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި