ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޅިއޭ މަކީޓާ: އެސްޓީއޯގެ ޕްރޮމޯޝަން ފަށައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން މަޝްހޫރު މަކީޓާ ބްރޭންޑުގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އަހަރީ ޕްރޮމޯޝަން “ސަޅިއޭ މަކީޓާ” ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މަކީޓާގެ ޑިރެކްޓަރ ޖެނެރަލް ޓްރޭޑިންގ އިބްރާހިމް މިރްޒާގާއި، މަކީޓާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ރީޖަނަލް ސޭލްސް މެނޭޖަރ ޖޮއީ ޗިއަމްއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، 1،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ޚާއްސަ ގުރުއަތުލުމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޫޕަނެއް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ އެއްވަނަ ނަސީބުވެރި ފަރާތަކަށް 50،000 (ބައިލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޕްރޮމޯޝަން ނިމޭތާ ހަފުތާއެއްގެ ތެރޭގައެވެ.

HajjCop_ads
Advertisement

ބޮޑު ފައިސާގެ އިނާމުގެ އިތުރުން، ކޮންމެ ހަފުތާއަކު އެންމެ ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްސަ އިނާމުތަކެއް ލިބިގެންދާނެއެވެ. އަދި ހޮވާލެވިފައިވާ ބައެއް އުފެއްދުންތަކުން %8 އިން ފެށިގެން %50 އާ ދެމެދުގެ ބޮޑެތި ޑިސްކައުންޓުތަކެއް ވެސް މި މުއްދަތުގައި ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން މަކީޓާގެ ކްލައިންޓް ރިލޭޝަންސް މެނޭޖަރ ފާތިމަތު ފަނާޒު ވިދާޅުވީ، “މިފަދަ ޕްރޮމޯޝަނެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެސްޓީއޯއާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، އަހަރަކު އެއްފަހަރު ކަސްޓަމަރުންނަށް މުދާ އަގުހެޔޮކޮށް ފޯރުކޮށްދިނުން. މިފަހަރުގެ ޕްރޮމޯޝަނުގައިވެސް %8 އާއި %50 އާ ދެމެދުގެ އަގުހުރި ޑިސްކައުންޓުތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ.”

މި ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ މަކީޓާ ޝޯރޫމާއި، ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން އެސްޓީއޯގެ އަތޮޅުތަކުގައި ހުންނަ ރީޖަނަލް ފިހާރަތަކުގައެވެ.

އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް މަކީޓާ ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކޮށް ވިއްކަމުން އަންނަތާ މިހާރު 28 އަހަރު ވެފައިވާއިރު، އެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކުވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބަކާއެކު މިފަދަ ޚާއްސަ ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HBa38dCbcAIBKjj

އަސާސީ 80 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ފޯރުކޮށްދޭން ފަށައިފި

Big

“އަމުލް” ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯއިން ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ