ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަބޫދާބީގެ އީގަލް ހިލްސްއިން މާލެ ސަރަހައްދުގައި 5،000 ހައުސިން ޔުނިޓް އަޅަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާ ފްރަންޓް އަދި މެރީނާ މަޝްރޫއު ހިންގާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އަބޫދާބީގެ އީގަލް ހިލްސްއިން މާލެ ސަރަހައްދުގައި 5،000 ހައުސިން ޔުނިޓް ތަރައްގީ ކުރަން ނިިންމާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

20 ބިލިއަން ޑޮލަރުގެ މަޝްރޫއު އެއް ކަމަށްވާ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” ހިންގުމަށް އަބޫ ދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އިން ދިވެހި ސަރުކާރާއެކު މިއަދު ސޮއިކޮށްފައިވެ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ޔޫއޭއީގައި ބޭއްވި ރަސްމިއްޔާތަށްފަހު އަބޫދާބީ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަސްމާލޭގައި މި މަޝްރޫއު ހިންގާނީ އެކި ފިޔަވަހިތަކަކަށް ބަހައިގެން ކަމަށެވެ.

އީގަލް ހިލްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ފައުންޑާ އަދި ޗެއާމަން އަލައްބަރްއަކީ ބުރްޖް ޚަލީފާ އަދި ދުބާއީ މޯލް ފަދަ މަޝްރޫއުތަކުގެ އިސް މޭސްތިރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

HajjCop_ads
Advertisement

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އީގަލް ހިލްސްއިން މާލެ ސަރަހައްދުގައި 5000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް މިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫއުއަށް ޚާއްސަކޮށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެކަށައަޅާފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ވޯޓާ ފްރަންޓާއި މެރީނާއަށް އަހަރެއްގެ މައްޗަށް އެއް މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ. އާމްދަނީގެ ހިއްސާއިން ސަރުކާރުގެ ބައި 10 އަހަރުގެ ނިމޭ މުއްދަތުގައި 3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޕްރޮޖެކްޓާއި ގުޅުންހުރި ކޮންމެ މުއާމަލާތަކުން 4 ޕަސެންޓް ޓްރާންސެކްޝަން ފީ ސަރުކާރަށް ލިބޭނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު